އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި!

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިތުރު މައްސަލައެއް ތަހުގީގު ކުރެއްވުމަށް، އެމަނިކުފާނު ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކޮށްފިއެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައިވީ ނަމަވެސް، އެމަނިކުފާނުގެ ތަހުގީގު ކުރައްވަމުން މިގެންދަވަނީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުއެވެ.

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން، ފަސް މަސް ތެރޭގައި ދައުލަތައް ފަސް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވަނީ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ. އިސްތިއުނާފުގެ އަޑުއެހުންތައް މިހާރު ފެށިފައިވާއިރު، ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ވެސް އެމަނިކުފާނުގެ ޤާނޫނީ ޓީމުން ވަނީ މިމަހުގެ 6 ވަނަ ދުވަހު ހައިކޯޓުގައި އެދިފައެވެ. ނަމަވެސް ހައިކޯޓުން ނިންމީ ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރެވެން ނެތް ކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


13%
ވ.ރަނގަޅު
13%
ރަނގަޅު
20%
އޯކޭ
53%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ