އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދުނިޔޭގަ މަޖާ ބޭނުންވާ މީހުންނަކީ އެންމެ ބޮޑު ބިރު! ﷲ ދެއްވަވާ އިންޒާރުގެ އަޑު އެމީހުންނަކަށް ނީވޭނެ!

ދުނިޔޭގަ މަޖާ ބޭނުންވާ މީހުންނަކީ އެންމެ ބޮޑު ބިރު! ﷲ ދެއްވަވާ އިންޒާރުގެ އަޑު އެމީހުންނަކަށް ނީވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

މިދުނިޔޭގައި މަޖާ ބޭނުން މީހުންނަށް ވަރަށް އުފަލާއި މަޖަލުގައި މިދުނިޔޭގެ ވަގުތުތައް ހޭދަކުރެވިދާނެއެވެ. އެއީ އެކަމަށް ﷲ ތަޢާލާ ވަގުތު ދެއްވަވާފައިވާތީއެވެ. ނަމަވެސް ދާދި ކުޑަކުޑަ ހިނދުކޮޅެއްގެ އުފާވެރި ކަމެކެވެ. ﷲ ތަޢާލާގެ ވަޙީ އަޑުއަހާށެވެ! 

"މިދުނިޔޭގެ ދިރިއުޅުމަކީ، ކުޅިވަރެއް ކަމުގައްޔާއި، މަޖަލެއް ކަމުގައި ނޫނީ ނުވެތެވެ. އަދި ހަމަކަށަވަރުން، ޙަޤީޤީ ދިރިއުޅުންވަނީ، އާޚިރަތުގެ ގޮވަތީގައިކަން ކަށަވަރެވެ. އެއުރެންނަށް އެކަން އެނގޭނަމައެވެ." (އަލްޢަންކަބޫތު: 64) 

އެނގިގެން މިދިއައީ ބައަކު ކިތަންމެ އުފަލާއި މަޖަލުގައި ވަގުތުތައް ހޭދަކުރި ނަމަވެސް އެއީ ވަރަށް ކުޑްކުޑަ ހިނދުކޮޅެއްގެ ވަގުތީ އުފަލެއް ކަމެވެ. ދާއިމީ އުފާވެރިކަން ލިބުން ވަނީ އާޚީރަތުގެ ދިންނެވުން ލިބި ﷲ ތަޢާލާގެ ޙަޟްރަތުން ކަމެވެ. 

މިއާޔަތަށްވެސް ވިސްނައިލާށެވެ! 

"އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ސަފުސަފަށް އެއުރެން ހުށަހެޅޭނެތެވެ. (އަދި ﷲ ވަޙީ ކުރައްވާނެތެވެ.) ތިމަންރަސްކަލާނގެ އެންމެފުރަތަމަފަހަރު ތިއަބައިމީހުން ހެއްދެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޙަޟްރަތަށް ތިއަބައިމީހުން އަތުވެއްޖައީމުއެވެ. އަދި ކީއްހެއްޔެވެ! ތއަބައިމީހުން ހީކުޅައީ (މަޙްޝަރަށް ފޮނުއްވުމަށް) ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް ވަގުތެއް ކަނޑަނާޅުއްވާނޭކަމަށެވެ." (އަލްކަހްފި 48) 

ﷲ ތަޢާލާ ނަހީ ކުރެއްވެވި އެންމެހައި ކަންކަމުން އުފާ ލިބިގަންނަމުންދާ މީހުން ބިރުވެތިވާންވީ މިފަދަ އާޔަތްތަކަށެވެ. މިއީ ކޮންމެހެން މީހަކު ކިޔައިދޭން ޖެހޭ ކަންކަމެއް ވެސް ނޫނެވެ. ކީރިތި ޤުރްއާނުގެ މާނައަށް ވިސްނައިގެން ކިޔައި އަދި ތަފްސީރު ކިޔުމުންވެސް އެނގެން ހުރި ކަންކަމެވެ. 

މީސްތަކުންނޭވެ! އަބބަދު މަތީ މަޤާމުގަ އާއި ތަނަވަސްކަމުގައި ހުރެވޭނެ ކަމަށް ބަލައިގެން އުފަލާއި މަޖަލުގައި ދުނިޔޭގެ ހަޔާތް ވޭތިކުރަން ބިރުވެތިވާށެވެ! އާޚިރަތް ދުވަހު ކަންކަން ހިނގާނެ ގޮތް މިއޮތީ ފެންނާށެވެ@! ބިރުވެތިވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


40%
ވ.ރަނގަޅު
15%
ރަނގަޅު
15%
އޯކޭ
30%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް