އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ފަޒީލް މަގާމުން ދުރުކޮށް ހިންގުން އެހެން ފަރާތަކާ ހަވާލު ކުރުމަށް މެމޯ ނެރުމަށްފަހު ބާތިލުކޮށްފި!

ފަޒީލް މަގާމުން ދުރުކޮށް ހިންގުން އެހެން ފަރާތަކާ ހަވާލު ކުރުމަށް މެމޯ ނެރުމަށްފަހު ބާތިލުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ (އެމްއޭސީއެލް) ގެ ޖެނެރަލް މެނޭޖަރު، ކޮމާޝަލް ނަން އެއިރޯގެ މަގާމުގައި ހުންނެވި ހުސައިން ފަޒީލް  މަގާމުން ދުރުކޮށް ހިންގުން އެހެން ފަރާތަކާ ހަވާލު ކުރުމަށް އެ މެމޯ ބާތިލުކޮށްފިއެވެ.

އެމްއޭސީއެލްގެ އެޗްއޯޑީ އިންނަށް އެޑްރެސްކޮށް ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ފޮނުވި މެމޯ ގައި ބުނެފައިވަނީ 2020 ފެބްރުއަރީ 19 އިން ފެށިގެން ނަން އެއިރޯ ކޮމާޝަލް ސެކްޝަން ހިންގަވާނީ މުހައްމަދު ހިޝާމް ކަމަށެވެ. ނަމަވެސް ކުޑައިރުކޮޅެއް ފަހުން އެ މެމޯ ބާތިލުކޮށް ކުންފުނީގެ އެކްޓިން އެމްޑީ ސޮއި ކުރައްވާ ނެރުއްވި މެމޯގައި ބުނެފައިވަނީ ކުރިން ނެރުނު މެމޯ ބާތިލު ކޮށްފައިވާ ކަމަށެވެ.

އެމްއޭސީއެލްގައި 30 އަހަރު މަސައްކަތް ކޮށްފައިވާ ފަޒީލް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ފައިދާވާގޮތަށް ދޭން އުޅޭ މައްސަލާގައި އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކޮށްފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ފަޒީލް ވިދާޅުވީ އާ ސީޕްލޭން ޓާމިނަލްއާ ގުޅޭ މުއާމަލާތްތައް ޓްރާންސް މޯލްޑިވިއަން އެއާވޭސް އާއެކު ކޮށްފައިވާނީ އޭރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އާދިލް މޫސާއާއި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

އޭނާ ވިދާޅުވީ 2017 ވަނަ އަހަރުގެ އޮގަސްޓު މަހު ކުންފުނީގެ ބޯޑަށް ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވި ކަމަށާއި އެ ޕްރެޒެންޓޭޝަނުގައި ރެންޓަލް ރޭޓު ނަގާނެ ފަސް ސިނާރިއޯއެއް ހުށަހެޅުއްވި ކަމަށެވެ. ކުންފުންޏަށް ގެންލުންވާނެ ގޮތަކަށް އެއްވެސް ހުށަހެޅުމެއް ހުށައަޅާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
33%
ރަނގަޅު
33%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު