އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮން ބައެއް މިއަދުގެ ތާރީޚާ ކައިވެނި ކުރަނީ؟

ކޮން ބައެއް މިއަދުގެ ތާރީޚާ ކައިވެނި ކުރަނީ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

މިއަދަކީ މުޅި މިއަހަރަށް ބަލާލި ކަމުގައިވިޔަސް ވަރަށް ރީތި ތާރީޚެކެވެ. މިއަދަކީ ގިނަބަޔަކު އިންތިޒާރު ކުރަމުން އައި 20/02/20 އެވެ.

ބޭރުޤައުމުތަކުގެ މީހުންނެކޭ އެއްފަދައިން ރީތި ތާރީޚުތަކުގައި ކޮންމެވެސް މޮޅުކަމެއް ކުރުމަކީ ގިނަ ދިވެހިން ވެސް ވަރަށް ކުރަން ބޭނުންވާ ކަމެކެވެ. އެގޮތުން އެންމެ ގިނައިން މީހުން ކުރަމުން އަންނަ އެއް ކަމަކީ، މިފަދަ ރީތި ތާރީޚުތަކުގައި ކައިވެނި ކުރުމެވެ.

ރާއްޖެއަށް ބަލާއިރު މިއަދު 64 މީހުން ކައިވެނި ކުރަން އެދިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފައިވެއެވެ. އެއީ ކޯޓުން ބޭރާއި އެތެރޭގެ ކައިވެނިތައް ވެސް ހިމަނައިގެންނެވެ. އާއްމުކޮށް ފެމިލީ ކޯޓުގައި ކުރަނީ 10 ވަރަކަށް ކައިވެނި ކަމަށް ވެސް އެކޯޓުން ބުނެފައިވެއެވެ.

މާލޭގެ ބައެއް ތަންތަނާއި ބައެއް ރިސޯޓުތައް ވެސް މިހާރުވެސް ވަނީ ކައިވެނި ޚަފްލާ ބޭއްވުމަށް ބުކް ކޮށްފައެވެ.

ސުވާލަކީ، ކައިވެންޏެއް ކުރަން ހަމަ އެންމެ މުހިންމީ ރީތި ތާރީޚެއްތޯއެވެ؟

މިހާރުވެސް ގިނަ ދިވެހިން ކުރާ ކައިވެނިތަކަށް ބަލާނަމަ، ކްރިސްޓިއަން ދީނުގެ މީހުން އެމީހުންގެ ކައިވެނި ޚަފްލާތަކުގައި ކުރާ ބައެއްކަންކަން ނަކަލު ކޮށްފައި ހުންނަތަން ފެނެއެވެ. މިސާލަކަށް ބުނާނަމަ، ކައިވެނީގެ ކުރިން "ބްރައިޑް ޓު ބީ" ޕާޓީ އާއި "ބެޗެލާރސް" ޕާޓީ ބޭއްވުމާއި، ކައިވެނީގައި "ބްރައިޑްސްމެއިޑު" އާއި "ފްލާވަރ ގާރލްސް" ހިމެނުން އަދި ކައިވެނި ކުރުމަށްފަހު އަންހެންމީހާ ފަހަތަށް އެނބުރިހުރެ އޭނާގެ އަތުގައި އޮންނަ މާބޮނޑި ފަހަތަށް (މީހުންތަކެއްގެ އަތަށް) އެއްލުން ހިމެނެއެވެ. އެމާބޮނޑި ހިފޭ މީހެއްގެ ކައިވެނި ވަރަށް އަވަހަށް ކުރެވޭނެކަމަށް ނަޞާރާ ދީނުގެ ބައެއް މީހުން ޤަބޫލު ކުރެއެވެ. މިކަހަލަ ކަންކަން އަހަރުމެންގެ ދިރިއުޅުމުގެ އެހާ މުހިންމު ދުވަހެއްގައި ހިމެނުމަކީ އަހަރުމެން މުސްލިމުން ލަދު ގަންނަންޖެހޭ ކަންކަމެވެ.

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
0%
ރަނގަޅު
50%
އޯކޭ
16%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ