އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އިންޞާފުވެރި ގޮތަކީ ފަސްދޮޅަސް ހާހަށްވުރެ ގިނައިން ލިބޭ މީހުންނަށް ދައުލަތުން ސަބްސިޑީ ނުދިނުން!: އަމްރު

އިންޞާފުވެރި ގޮތަކީ ފަސްދޮޅަސް ހާހަށްވުރެ ގިނައިން ލިބޭ މީހުންނަށް ދައުލަތުން ސަބްސިޑީ ނުދިނުން!: އަމްރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

އިންޞާފުވެރި ގޮތަކީ ފަސްދޮޅަސް ހާހަށްވުރެ ގިނައިން ލިބޭ މީހުންނަށް ދައުލަތުން ސަބްސިޑީ ނުދިނުން އެމީހުންނަކީ ޞިއްޙީ، ތައުލީމީ އަދި އެނޫންވެސް ކަންކަމުގައި ނިކަމެތި ރައްޔިތުންނަށް އެހީތެރިވެދޭ ބައެއް ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިމޭރުމުން ވިދާޅުވެފައި މިވަނީ ސަރުކާރުގެ ޔުޓިލިޓީ ފަންޑުތައް ހިންގަނީ ނުވަތަ ނިކަމެތިންނަށް ސަބްސިޑީ ދެނީ އެމީހުންގެ އަތުން ލިބޭ ފައިސާ އިން ކަމަށްވުމުން އެކަން ފާހަގަކުރައްވައެވެ.

މާތް ﷲ އަށް އީމާންވެގެން ތިބި މުސްލިމުން ކަމުގައިވާނަމަ ދައުލަތުގެ ކޮންމެ މަޤާމެއްގައި ހުރި ނަމަވެސް ބޭސްފަރުވާ ކުރުން ފަދަ ކަންކަމުގައި ރައްޔިތުންގެ ފައިސާއިން ޢިނާޔަތްތައް ބޭނުން ކުރަން ޖެހޭނީ އެއްވަރަކަށެވެ. އެއް ހަމައަކުންނެވެ. އެއް އުޞޫލަކުންނެވެ. ނަމަވެސް ރާއްޖޭގައި މީހާގެ މަޤާމާއި ދަރަޖަ މަތިވެ މުސާރަ އާއި އިނާޔަތްބޮޑުވާވަރަކަށް ޞިއްހީ ކަންކަމުގައި ރައްޔިތުންގެ ފައިސާއިން ޚަރަދުކުރާ މިންވަރު ގެންދަނީ އިތުރުކުރަމުންނެވެ.

ޢާންމު ރައްޔިތު މީހާ ފަރުވާ ނުލިބިގެން ސަލާން ޖަހަން ޖެހޭ ކަންކަމުގައިވެސ މިދެންނެވި ބޮޑުން ގެންގުޅޭ ހެލްތް އިންޝުއަރަންސް ކާޑު ދައްކާފައި ދުނިޔޭގެ އެންމެ އަގު ބޮޑު ހޮސްޕިޓަލްތަކުން ބޭސްފަރުވާކުރުމުން އެއިގެ ބިލްއަދާކުރަނީ ހަމަ ފަރުވާ ނުލިބިގެން ސަލާން ޖަހަން ހުރި ނިކަމެތި ރައްޔިތު މީހާގެ ފައިސާ ވެސް ހިމެނޭ ހުރިހާ ރައްޔިތުންގެ ފައިސާއިންނެވެ! އެއަގު ދައްކަނީ އިންޝުއަރެންސް ކޮށްފައި އޮތް ކުންފުންޏަކުން ނަމަވެސް އިންޝުއަރަންސް ކުރުމުގެ އަގު ދައްކަނީ އެންމެ ނިކަމެތި މީހާގެ ފައިސާވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ ފައިސާއިން ކަމަށްވާތީއެވެ!

މިފަދަ ކަންކަން ކުރުމަށް ދިވެހި ބަހުގައި ކިޔަނީ "ރައްޔިތުންގެ މޫނަށް ކުޅުޖެހުމެވެ"

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
66%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް