އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ހިތްޕުޅުގަ ﷲ އަށް ލޯބި އިތުރުކޮށްދެއްވެވުން އެދިވަޑައިގެން ދާވޫދުގެފާނު ކުރެއްވެވި ދުޢާ!

ހިތްޕުޅުގަ ﷲ އަށް ލޯބި އިތުރުކޮށްދެއްވެވުން އެދިވަޑައިގެން ދާވޫދުގެފާނު ކުރެއްވެވި ދުޢާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު

އަޅުގަނޑުމެން ކޮންމެ މީހަކީވެސް އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އިތުރުވުމަށް އެދޭނެ މީހެކެވެ. ވީމާ މިފަދަ ދުޢާތައް ކުރެއްވުން ގިނަކުރައްވަވާށެވެ! 

 26/1490وعن أَبي الدَّرداءِ t، قَالَ: قَالَ رَسولُ اللَّهِ ﷺكانَ مِن دُعاءِ دَاوُدَ صَلّى اللهُ عَلَيْهِ وسَلَّم: "اللَّهمَّ إِنِّي أَسْأَلُكَ حُبَّكَ، وَحُبَّ مَنْ يُحِبُّكَ، وَالعمَل الَّذِي يُبَلِّغُني حُبَّكَ، اللَّهُمَّ اجْعل حُبَّكَ أَحَبَّ إِلَيَّ مِن نَفسي، وأَهْلي، ومِن الماءِ البارِدِ

 روَاهُ الترمذيُّ وَقَالَ: حديثٌ حسنٌ. 

ޙަދީޘްފުޅުގައި ހިމެނޭ ދުޢާ: 

"اللَّهمَّ إِنِّي أَسْأَلُكَ حُبَّكَ، وَحُبَّ مَنْ يُحِبُّكَ، وَالعمَل الَّذِي يُبَلِّغُني حُبَّكَ، اللَّهُمَّ اجْعل حُبَّكَ أَحَبَّ إِلَيَّ مِن نَفسي، وأَهْلي، ومِن الماءِ البارِدِ 

ޙަދީޘްފުޅުގައި ހިމެނޭ ދުޢާގެ މާނަ:

ޔާ ﷲ! އިނބަ ﷲ ގެ ލޯބި (ލޯބިފުޅުވެވޮޑިގަތުން) މިއަޅާއަށް ދެއްވަވައިފާނދޭވެ! އިނބަ ﷲ ދެކެ ލޯބިވާ އަޅުތަކުންގެ ލޯބި މިއަޅާއަށް ދެއްވަވައިފާނދޭވެ! އަދި އިނބަ އިލާހްގެ ލޯބިވެވޮޑިގަތުމާއި ހަމައަށް ވާސިލުވެވޭފަދަ ޢަމަލެއް މިއަޅާއަށް ދެއްވަވައިފާނދޭވެ! އަދި މިއަޅާގެ އަމިއްލަ ނަފްސާއި މިއަޅާގެ އަހުލުވެރިން ދެކެ މިއަޅާ ވާ ލޯތްބަށްވުރެ، އިނބަ ﷲ ދެކެ ވާ ލޯބި  މިއަޅާގެ ހިތުގައި ލޯބިވެތިކުރައްވަވައިފާނދޭވެ! އަދި ފިނި ފެން ދެކެ މިއަޅާ ލޯބިވާވަރަށްވުރެ އިނބަ ﷲ ދެކެ ވާ ލޯބި މިއަޅާގެ ހިތުގައި އިތުރުކުރައްވަވައިފާނދޭވެ!" 

ޙަދީޘްފުޅުގެ މާނަ: 

ﷲ ރުއްސުން ލެއްވެވި އަބޫ ދަރުދާއު ވިދާޅުވިއެވެ. "ﷲގެ ރަސޫލާ (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. ދާވޫދު ޢަލައިހިއްސަލާމް ކުރެއްވެވި ދުޢާގެ ތެރޭގައި ވިއެވެ. ޔާ ﷲ! އިނބަ ﷲ ގެ ލޯބި (ލޯބިފުޅުވެވޮޑިގަތުން) މިއަޅާއަށް ދެއްވަވައިފާނދޭވެ! އިނބަ ﷲ ދެކެ ލޯބިވާ އަޅުތަކުންގެ ލޯބި މިއަޅާއަށް ދެއްވަވައިފާނދޭވެ! އަދި އިނބަ އިލާހްގެ ލޯބިވެވޮޑިގަތުމާއި ހަމައަށް ވާސިލުވެވޭފަދަ ޢަމަލެއް މިއަޅާއަށް ދެއްވަވައިފާނދޭވެ! އަދި މިއަޅާގެ އަމިއްލަ ނަފްސާއި މިއަޅާގެ އަހުލުވެރިން ދެކެ މިއަޅާ ވާ ލޯތްބަށްވުރެ، އިނބަ ﷲ ދެކެ ވާ ލޯބި  މިއަޅާގެ ހިތުގައި ލޯބިވެތިކުރައްވަވައިފާނދޭވެ! އަދި ފިނި ފެން ދެކެ މިއަޅާ ލޯބިވާވަރަށްވުރެ އިނބަ ﷲ ދެކެ ވާ ލޯބި މިއަޅާގެ ހިތުގައި އިތުރުކުރައްވަވައިފާނދޭވެ!"

އާރޓިކަލް ރޭޓްކުރައްވާ


13%
ވ.ރަނގަޅު
26%
ރަނގަޅު
26%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް