އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ނޮވެމްބަރ" ރިލީޒް ކުރަނީ ނޮވެމްބަރަކު ނޫން، ޖުލައި ގަ!

"ނޮވެމްބަރ" ރިލީޒް ކުރަނީ ނޮވެމްބަރަކު ނޫން، ޖުލައި ގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

ދިވެހި ފިލްމު އިންޑަސްޓްރީގައި ކާމިޔާބު އެތައް ފިލްމެއް އުފައްދާފައިވާ ޑާކްރެއިން އެންޓާޓެއިންމެންޓުން، އެންމެ ފަހުން އުފެއްދި ފިލްމު "ނޮވެމްބަރ" ރިލީޒް ކުރާނެ ތާރީޚް ހާމަކޮށްފިއެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މިފިލްމުގެ ނަމުން ވެސް ފިލްމު ރިލީޒްވާނީ މިއަހަރުގެ ނޮވެމްބަރ މަހުގައި ކަމަށް ބައެއް މީހުން ބުނަމުން އައި ނަމަވެސް، އެއަށްވުރެ މާކުރިން މިފިލްމު ރިލީޒްވާނެކަމުގެ އުފާވެރި ޚަބަރު ޑާކްރެއިނުން އިއްޔެ މިވަނީ ދީފައެވެ.

އެގޮތުން "ނޮވެމްބަރ" މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ހަވަނަ ދުވަހު ކަމަށް ޑާކްރެއިންގެ ބާނީ މުޙައްމަދު އަލީ (މޮގާ) ހާމަކޮށްފައިވެއެވެ.

"ނޮވެމްބަރ" މިފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ޑާކްރެއިންގެ ގިނަ ފިލްމުތަކަކުން ފެނިފައިވާ އަދި ބެލުންތެރިންގެ ތަރުހީބު އިންތިހާއަށް ލިބިފައިވާ މަރިޔަމް މަޖުދާ (މަޖޫ) އަދި ޖުމައްޔިލް ނިމާލް އެވެ.

މިފިލްމުގެ ޝޫޓިން ނަގާފައިވަނީ މާލެ، އައްޑޫސިޓީ އަދި ސިންގަޕޫރުގައެވެ.

އައިޝަތު ފުވާދު ތައުފީޤް އަދި އަހުމަދު ތޮލާލް ގެ މޮޅު ސްކްރިޕްޓަކަށް ތައްޔާރުކޮށްފައިވާ މިފިލްމު ޑައިރެކްޓު ކޮށްފައިވަނީ އައިޝަތު ފުވާދު ތައުފީޤް އަދި އަލީ ޝިޕާއު (ޗިއްޕެ) އެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުވާދެވެ.

"ނޮވެމްބަރ" ރިލީޒް ކުރާނެ ތާރީޚެއް އާއްމުކޮށްފައިވާއިރު، ދާދި ފަހުން ޑާކްރެއިނުން ވަނީ އެފިލްމުގެ ޕޯސްޓަރ ވެސް ރިލީޒް ކޮށްފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
25%
ރަނގަޅު
25%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ