އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ﷲ ގެ މަގުގަ ޖިހާދުކުރަން ލިބިފައިވާ ރަނުގެ ފުރުޞަތު ނަގައިނުލާށެވެ!

ﷲ ގެ މަގުގަ ޖިހާދުކުރަން ލިބިފައިވާ ރަނުގެ ފުރުޞަތު ނަގައިނުލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

"ﷲ ގެ ވަހީ އާއި ޙުކުމްފުޅު ދިފާޢުކުރުމަށާއި މަތިވެރިކުރަން ކުރާ ކޮންމެ މަސައްކަތަކީ ﷲ ގެ މަގުގައި ކުރެވޭ ޖިހާދެކެވެ!" (ޞަޙީހް ބުޚާރީ: 2810) 

ޢުމުރު ހުސްވާއިރުވެސް ﷲ މަގުގައި ކަނޑިން ހަނގުރާމަކުރަން ފުރުޞަތު ނުލިބިދާނެއެވެ! ނަމަވެސް ﷲ ގެ ޙުކުމްފުޅުތައް ދިފާޢުކޮށް މަތިވެރިކުރަން ކޮންމެ ދުވަހަކު މިވަނީ މަސައްކަތްކުރަން ޖެހިފައެވެ! ފުރުޞަތު ނަގައިނުލާށެވެ! 

ދުލުން ކުރިނަމަވެސް ޤަލަމުން ކުރިނަމަވެސް ސޯޝަލްމީޑިއާގައި ކުރި ނަމަވެސް އަދި އެނޫން ގޮތަކަށް ކުރި ނަމަވެސް ﷲ ތައާލާގެ ވަހީ، ކީރިތި ޤުރްއާނާއި ﷲ ތައާލާގެ ޙުކުމްފުޅުތައް ދިފާޢުކުރުމަށާއި މަތިވެރިކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކީވެސް ﷲ ތަޢާލާގެ މަގުގައި ކުރެވޭ ޖިހާދެކެވެ! "އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ޙައްޤު ބަސް ބުނުން" ކަމަށް އޮތް ޙަދީޘް ބަސްފުޅުން މިކަމަށް އިތުރަށް ދަލީލު ލިބިގެންދެއެވެ. 

އެމީހަކަށް ވެވުނުވަރަކުން މި މަތިވެރި ޖިހާދުގައި ބައިވެރިވެ ﷲ ތައާލާގެ ވަޙީ ބަސްފުޅުތަކާއި ޙުކުމްފުޅުތައް މަތިވެރިކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

އާރޓިކަލް ރޭޓްކުރައްވާ


40%
ވ.ރަނގަޅު
20%
ރަނގަޅު
20%
އޯކޭ
20%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް