އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ސީޕްލޭން ޓަރމިނަލް ޑްރާމާ: އޮޕަރޭޓަރުންނަށް ކުޑަކުއްޔަކަށް ޖާގަ ދިނީމާ ބޮޑު ކުއްޔަށް ބީލަމުން ބާކީ ޖާގަ ނަގައިން މަސްކައްކާނީތޯ؟

ސީޕްލޭން ޓަރމިނަލް ޑްރާމާ: އޮޕަރޭޓަރުންނަށް ކުޑަކުއްޔަކަށް ޖާގަ ދިނީމާ ބޮޑު ކުއްޔަށް ބީލަމުން ބާކީ ޖާގަ ނަގައިން މަސްކައްކާނީތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 24 ސިކުންތު

މިހާރު ކުރިއަށް ގެންދާ ސީޕްލޭން ޓަރމިނަލް ޑްރާމާގެ ތެރެއިން ވަރަށް މުހިންމު ސުވާލެއް އުފެދިއްޖެއެވެ! އެއީ ސީޕްލޭން އޮޕަރޭތްކުރާ އޮޕަރޭތަރުންނަށް އެމީހުން ބޭނުންވާ ޖާގަ ކުޑަ ކުއްޔަކަސް ދިނުމުން ބާކީ އޮންނަ ޖާގަ ބީލަމުން ބޮޑުކުއްޔަށް ނަގާނީ މަސްކެއްކުން ފަދަ މަސައްކަތެއް ކުރަންތޯއެވެ!

 

ފުރަތަމަ ކަމަކަށް ރޭ މަޖިލިސް ކޮމިޓީގައި މާލީ ވަޒީރު ދެއްކެވި ވާހަކަފުޅަސް ވިސްނަވައިލައްވާށެވެ!

 

"އަމީރުގެ އެދިލެއްވުމަށް ރޭ ބޭއްވުނު މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވެފައިވަނީ، ޓީއެމްއޭ އަށް މިހާރު ބިން ދޫކޮށްފައިވާ އަކަމީޓަރަކަށް 10.35 ޑޮލަރުގެ އަގަށް އާ ސީޕްލޭން ޓާމިނަލުން 6،300 އަކަމީޓަރު ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

 

އަދި އެހެން އޮޕަރެޓަރުންނަށް ވެސް ހަމަ މިހާރު ދޫކޮށްފައިވާ ޖާގައަށް ޓީއެމްއޭއަށް ދޭ ރޭޓުގައި ކުއްޔަށް ދިނުމަށްފަހު، ބާކީ އޮންނަ 21،000 އަކަމީޓަރު ޓެންޑަރުގެ އުސޫލުން އާންމުކޮށް ހުޅުވާލުމަށްކަމަށް އަމީރު ވިދާޅުވި އެވެ".

 

ފުރަތަމަ ކަމަކަށް މާލީވަޒީރު މިވިދާޅުވަނީ ސީޕްލޭން އޮޕަރޭޓްކުރާ އޮޕަރޭޓަރުންނަށް އެމީހުންނަށް ބޭނުންވާ ޖާގަ ކުޑަ ކުއްޔަކަށް ކުއްޔަށް ދޭ ވާހަކައެއްވެ. ފަހަތުން ވިއްދައިގެން މިވިދާޅުވީ ދެން ބާކީ އޮންނަ ޖާގަ ޓެންޑަރ އުޞޫލުން ބޮޑު ކުލި ހުށަހަޅާ ފަރާތަކަށް ކުއްޔަށްދޭ ވާހަކައެވެ!

 

ސުވާލަކީ އޮޕްރޭޓަރުންނަށް ޖާގަ ދިނީމާ ފްލައިޓްތަކަށާއި ފަތުރުވެރިންނަށް ބޭނުންވާ ޚިދުމަތް އޮޕަރޭޓަރުންނަށް ދިނީމާ އިތުރު ޖާގަ ބޮޑު ކުއްޔަށް ހިފާ ފަރާތުން އެތަނުގައި ކުރާނީ ކޮން މަސައްކަތެއްތޯއެވެ؟ ދޭނީ ކޮން ޚިދުމަތެއްތޯއެވެ؟ ޚިދުމަތް ދޭނީ ކޮން ބައަކަށްތޯއެވެ؟ މިހާރުވެސް މޮނޮޕޮލިއަިޒްވެފައި އޮތް ޚިދުމަތެއް އަލުން ފަށަން ބައަކު އަތުވެދާނެކަމަށް ބަލައި އެދުވަހެއް ފެނިއްޖެ ނަމަ އެބައަކަށް ޚިދުމަތް ދީގެން ފައިދާއެއް ލިބިދާނެ ކަމުގެ އުންމީދުގައި ބައަކު ބޮޑު ސަރަހައްދެއް ކުއްޔަށްހިފައި އިންވެސްޓްކޮށްގެން ކުޅިބަލަން ތިބެން އެއްވެސް ބައަކު އެ ސރަހައްދު ކުއްޔަށް ހިފައިގެން ތިބެދާނެތޯއެވެ؟

 

އެހައި އެކަހެރި ސަރަހައްދެއްގައި ބައަކު ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ހަދައިފިނަމަ ޚިދުމަތް ހޯދަން މާލެ އާއި ހުޅުމާލެއިން އެ ސަރަހައްދަށް ދާނީ ޢާންމުންގެ ކިތައް މީހުންތޯއެވެ؟

 

މި ސުވާލުތަކަށް މާލީ ވަޒީރުގެ ޖަވާބު ލިބެންދެން ތިބެން ޖެހިފައި މިވަނީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ! މިފަދަ ސުވާލުތަކަށް ޖަވާބު ލިބިގެން ނޫނީ ވާން މިއުޅޭ ގޮތް ހަމަ އެއްގޮތަކަށް ވެސް ސާފެއް ނުވެއެވެ! މިހާރު ބޮޑަށް ޤަބޫލުކުރަން ޖެހެނީ މިއުޅެނީ ބާކީ ސަރަހައްދުވެސް މާކުޑަކުޑަ ކުއްޔަކަށް ޓީއެމްއޭއަށް ދޭން ކަމަށެވެ! މިއީ ރައްޔިތުންނަށް ދައްކާ ހުވަފެނެއް ކަމަށެވެ!  

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް