އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ގާސިމް މަރާލިކަމަށް އަދުހަމް މިހާރު ކުރަނީ އިންކާރު! ހުރިހާ ތުހުމަތެއް އޭނަ ކުރީ ފުލުހުންނަށް!

ގާސިމް މަރާލިކަމަށް އަދުހަމް މިހާރު ކުރަނީ އިންކާރު! ހުރިހާ ތުހުމަތެއް އޭނަ ކުރީ ފުލުހުންނަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ހަތަރުވަނަ ދުވަހު ރަހުމްކުޑަ ގޮތަކަށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލު، އެކުށްކުރި ކަމަށް މިއަދު އިންކާރު ކޮށްފިއެވެ.

ގާސިމްގެ މަރުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ޅ. ހިންނަވަރު/ބޮޑުހިޔާގޭ އަދުހަމް މުޙައްމަދު މިއަދު ބުނީ ގާސިމް ހަސަންގެ މަރަކީ އޭނާ ދެނެހުރިކަމެއް ވެސް ނޫން ކަމުގައެވެ.

އަދުހަމްގެ މައްޗަށް ކޮށްފައިވާ ދައުވާ އިތުރަށް ސާފު ކޮށްދޭން އޭނާ އެދުމުން މިމައްސަލަ ބައްލަވާ ގާޒީވަނީ އަދުހަމްއަށް އެމައްސަލަ އިތުރަށް ސާފު ކޮށްދެއްވާފައެވެ. ނަމަވެސް ދައުވާ ސާފު ކޮށްދެއްވުމުން ދައުވާއަށް އިންކާރުކޮށް އަދުހަމް ބުނީ އޭނާ ގަސްތުގައި އެއްވެސް މީހަކު ނުމަރާ ކަމަށާއި ގާސިމްގެ މަރަކީ އޭނާ ދެނެހުރިވެސް ކަމެއް ނޫން ކަމަށެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަވަސް ނިޔާގެ ޝަރީޢަތުގައި އެދައުވާއަށް އިންކާރުވުމުގެ އިތުރުން އަދުހަމްވަނީ މިމައްސަލައާއި ގުޅިގެން ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކޮށްފައެވެ.

އެގޮތުން އަދުހަމް ބުނެފައިވަނީ އެންމެ ފުރަތަމަ ބޭއްވި ޝަރީއަތުގައި އޭނާ ދައުވާއަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ. އޭނާ ބުނި ގޮތުގައި ފުލުހުން އޭނާ ކޯޓަށް ހާޒިރުކުރީ މަސްތުވާތަކެތި ދީގެން މަސްތު ކޮށްގެންނެވެ.

އަދުހަމް އަށް ފުލުހުން ފުރަތަމަ ދިނީ އޭނާ ތަނެއްގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ކަމަށާއި ފަހުން ފުލުހުން އަމިއްލަ ހަރަދުގައި މަސްތުވާތަކެތި ގަނެގެން އޭނާއަށް ދިން ކަމަށް ވެސް އަދުހަމް ތުހުމަތު ކޮށްފައިވެއެވެ. އޭނާ ބުނާ ގޮތުގައި އޭނާއަށް ހަމަ ބުއްދި އައީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ.

ގާސިމްގެ މަރާއި ބެހޭގޮތުން މިއަދު އަދުހަމްގެ ރާގު ބަދަލުވެފައިވީ ނަމަވެސް، އޭނާ މީގެކުރިން ވަނީ އެކުށަށް އިއުތިރާފްވެ ގާސިމްގެ އާއިލާގެ ކިބައިން މާފަށް ވެސް އެދިފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


62%
ވ.ރަނގަޅު
12%
ރަނގަޅު
12%
އޯކޭ
12%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ