އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ވިލާ ފައުންޑޭޝަންގެ އެންމެ ބޮޑު ކާމިޔާބަކީ ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާތަކުން މީހުން ބިނާކުރުން: ޤާސިމް

ވިލާ ފައުންޑޭޝަންގެ އެންމެ ބޮޑު ކާމިޔާބަކީ ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާތަކުން މީހުން ބިނާކުރުން: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ވިލާ ފައުންޑޭޝަންގެ އެންމެ ބޮޑު ކާމިޔާބަކީ ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާތަކުން މީހުން ބިނާކުރުން ކަމަށް ވިލާ ގުރޫޕްގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވިލާ ފައުންޑޭޝަނަށް 20 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އްޖޭގައި ފަންނީ މީހުން މަދު ދުވަސްވަރު ވިލާ ފައުންޑޭޝަންގެ އެހީތެރިކަމުގައި ވަރަށް ގިނަ ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް އެހީތެރިވެ ދީފައިވާނެ ކަމަށާއި ވިލާ ފައުންޑޭޝަންގެ 20 އަހަރުގެ އެންމެ ބޮޑު ކާމިޔާބަކީ ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާތަކުން މީހުން ބިނާކުރުން ކަމަށެވެ.

ގާސިމް ވިދާޅުވީ ވިލާ ފައުންޑޭޝަނުން ފުލްފަންޑިން، ހާފް ފަންޑިން ނުވަތަ އެ ނޫންވެސް އެކި މިންވަރުން އެހީތެރިވެ ދީފައިވާ ދަރިވަރުންގެ އަދަދު 7000 ވުރެ އިތުރު ވާނެކަމަށާއި  ދަރިވަރަކު ފައިސާ ނުދައްކައިގެން ދުވަހަކުވެެސް ކޯޓަށް ގޮސްފައިނުވާނެކަމަށެވެ.

ވިލާ ކުންފުންޏަށް 44 އަަހަރު ވެގެންދިޔައިރު އާމަދްނީ ހޯދުމަށް ކުރި އިންވެސްޓްމަންޓަށްވުރެ ރައްޔިތުންގެ މަންފާއަށް ކުރެވިފައިވާ ހޭދަ ބޮޑުވާނެކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ތަފާތު ބަލިތަކުގެ ޝިކާރަކަށްވި އެތައް ދިވެހިންގެ ބޭސްފަރުވާގައި ވިލާ ކުންފުނިން އެހީތެރިވެދީފައިވާނެކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު