އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމުގެ އަމުރަކަށް އެދިއްޖެ!

ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމުގެ އަމުރަކަށް އެދިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

މަނީ ލޯންޑަރިންގެ މައްސަލައެއްގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ކަފާލާތުގެ ދަށުން މިނިވަން ކުރެއްވުމުގެ އަމުރަކަށް މިއަދު އެދިއްޖެއެވެ.

ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުއެވެ. އަދި އެހުކުމް ތަންފީޒު ކުރަން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާއެކު، ފަސް މަސް ދުބަހުގެ ތެރޭގައި ދައުލަތަށް ފަސް މިލިއަން ރުފިޔާ ދެއްކުމަށް ވެސް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.

ހައިކޯޓުގައި މިއަދު ކުރިޔަށް ދިޔަ އިސްތިއުނާފު އަޑުއެހުމުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ކަފާލާތަކީ ރާއްޖޭގެ ދުސްތޫރުގައި ބިންވަޅު ނަގާފައިވާ އެއްޗެއް ކަމަށެވެ. ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ކްރިމނަލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އެހެންކަމުން ވަށައިގެންވާ ކަންކަމަށް ބެލުމަށްފަހު ރައީސް ޔާމީންގެ ހުކުމަށް ލުޔެއް ދެއްވުމަކީ ގައުމުގެ މަސްލަހަތަށާއި ސިޔާސީ މަޝްރަހު މިއަދު ބައްޓަންވެފައިވާ ގޮތަށް ބަލާއިރު ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

މި ވާހަކަތަކައް ރައްދު ދެއްވާ ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ގާނޫނުއަސާސީން ދީފައިވާ އިސްތިއުނާފުގެ ހައްގަކީ މީހެއްގެ މައްޗަށް ކުށް ސާބިތުގެ ކުރިން ލިބިދީފައިވާ ހައްގެއް ކަމަށާއި ކުށެއް ކުރި ކަމަށް ކޯޓަކުން ކަނޑައެޅުމަށްފަހު އެ ހައްގަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ނޫން ކަމަށެވެ. އަދި ހަމައެހެންމެ މިއަދާއި ހަމައަށް އައިރު ތަންފީޒު ވެފައިވަނީ ހުކުމުގެ ވަރަށް ކުޑަ މިންވަރެއްކަން ފާހަގަކުރައްވާ ދައުލަތުގެ ވަކީލު ވިދާޅުވީ މި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު ހުކުމް ތަންފީޒު ކުރުމުގެ ފަސް ކުރުމު ނެރެދެވިދާނެ ކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
16%
ރަނގަޅު
16%
އޯކޭ
16%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ