އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެހެން ހޭލާ ހުންނަންޖެހޭ ކަމެއްގަ ނޫނީ ޢިޝާ ނަމާދަށްފަހު ހޭލައި ތިބުމަކީ ރަސޫލާ (ޞޢވ) ރުހިވަޑައިގަންނަވާ ކަމެއް ނޫން!

ކޮންމެހެން ހޭލާ ހުންނަންޖެހޭ ކަމެއްގަ ނޫނީ ޢިޝާ ނަމާދަށްފަހު ހޭލައި ތިބުމަކީ ރަސޫލާ (ޞޢވ) ރުހިވަޑައިގަންނަވާ ކަމެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

"ހަމަކަށަވަރުން ރަސޫލް (ޞޢވ) ޢިޝާ ނަމާދުގެ ކުރިން ނިދުމާއި އަދި އެނަމާދުކުރުމަށްފަހު ވާހަކަދެއްކުމަށް ހޭލާ ހުރުމަށް ރުހިވަޑައިނުގަންނަވަތެވެ!" (ޞަޙީޙް ބުޚާރީ: 568) 

މި ޙަދީީޘްފުޅުން އެނގިގެންދަނީ ޢިޝާ ނަމާދުގެ ޖަމާއަތް ގެއްލިދާނެ ފަދަ ގޮތަކަށް ނިދުމާއި އަދި ކޮންމެހެން ހޭލައި ހުންނަން ޖެހިގެން ނޫނީ ޢިޝާ ނަމާދަށްފަހު ހޭލައި ހުރުމަކީ ރަސޫލް (ޞޢވ) ރުހިވަޑައިގަންނަވާ ކަމެއް ނޫން ކަމެވެ. 

އެކަމުގެ އެންމެ ބޮޑު ސަބަބަކީ ނިދުން ފަސްކުރުމުން ފަތިސް ނަމާދަށް ހޭލަން އުނދަގޫވުމާއި ބޭކާރު ގޮތުގައި ރޭގަނޑު ހޭލައި އުޅުމަކީ ފާފަތައް ކުރެވުމަށް އިތުރަށް މަގުފަހިވާ ކަމެއް ކަމުގައިވުން ކަމުގައި ޤަބޫލުކުރެވެއެވެ. 

ކަން މިހެން އޮތް ނަމަވެސް މިނުބައި އާދަ މިހާރު މުޖުތަމައުތަކުގައި މިވަނީ ވަރަށް ބޮޑަށް އަށަގެންފައެވެ. ނަތީޖާއެއްގެ ގޮތުން ފަތިސް ނަމާދަށް ނުހޭލެވޭ މީހުން ގިނަވުމާއި ފާފަތަކަށް އަރައިގަނެވޭ މިންވަރު ވެސް މިދަނީ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ. 

އަހަރެމެން ކޮންމެ މީހަކު މީހަކުވެސް ބުނާނީ އަހަރެމެން ރަސޫލް (ޞޢވ) ދެކެ ލޯބިވާ ކަމަށެވެ. ހަޤީޤަތުގައި ލޯބިވާނަމަ ރަސޫލް (ޞޢވ) ގެ މިފަދަ އިރުޝާދުތަކުގައި ހިފަހައްޓާނެއެވެ. ރަސޫލް (ޞޢވ) ރުހިވަޑައި ނުގަންނަވާ ކަންކަމެއް ނުކުރާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

އާރޓިކަލް ރޭޓްކުރައްވާ


31%
ވ.ރަނގަޅު
0%
ރަނގަޅު
20%
އޯކޭ
48%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް