އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި އަލްޙާފިޡާ މާޒިނާ އާއި ރައީސް ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި

ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި އަލްޙާފިޡާ މާޒިނާ އާއި ރައީސް ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

2018 ވަނަ އަހަރު ޝަހާދާ ސާނަވިއްޔާ ނިންމައި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ޙާސިލުކުރި ދަރިވަރު ނ. ލަންދޫ ކިނާރާ އަލްޙާފިޡާ މާޒިނާ ޢަބްދުއްރަޙީމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ. މާޒިނާ ޢަބްދުއްރަޙީމަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރު ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ހަމަޖެހުނުކަމުގެ ލިޔުމާއި އިނާމު އޭނާއަށް ދެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޒީނާ ހޯދި ކާމިޔާބީގެ އަގު ވަޒަންކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަތީ ތަޢުލީމު ހާސިލުކުރުމުގެ މަރުޙަލާގައިވެސް މޮޅު ކާމިޔާބީއެއް ހޯދައި، ދިވެހި ޤައުމުގެ ތަރައްޤީއަށާއި ކުރިއެރުމަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މާޒިނާ ޢަބްދުއްރަޙީމް ތަޢުލީމީ ޙަޔާތް ފަށްޓާފައިވަނީ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 1ން 2007 ވަނަ އަހަރުއެވެ. ޝަހާދާ ސާނަވިއްޔާއާ ހަމަޔަށް ކިޔަވައި ނިންމާފައިވަނީވެސް ޢަރަބިއްޔާއިންނެވެ. ޝަހާދާ ސާނަވިއްޔާ އިމްތިޙާނުގައި ބައިވެރިވި 15 މާއްދާގެ ތެރެއިން 13 މާއްދާއިން އޭ ސްޓާރ އާއި، ދެ މާއްދާއިން އޭ ހޯދައި، މާޒިނާ ވަނީ [އިމްތިޔާޒް] ހާސިލުކޮށްފައެވެ. މި ނަތީޖާއާއެކު މާޒިނާއަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބިފައެވެ.

މާޒިނާއަކީ 2017 ވަނަ އަހަރު ޢަރަބިއްޔާ ސްކޫލުން ތަޢުލީމީ ގޮތުން އެއްވަނަ ދަރިވަރެވެ. ކީރިތި ޤުރްއާން ކިޔެވުމުގެ ގިނަ މުބާރާތްތަކުގައި ބައިވެރިވެ، ގިނަ ކާމިޔާބީތަކެއް މާޒިނާވަނީ ހޯދާފައެވެ. ޤުރްއާން ހިތުދަސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ މެޑެލްވެސް 2019ވަނަ އަހަރު މާޒިނާ ވަނީ ހާސިލުކޮށްފައެވެ. މާޒިނާއަކީ ޢަރަބިއްޔާ ސްކޫލްގެ އިތުރު ޙަރަކާތްތަކުގައިވެސް ބައިވެރިވެ ކާމިޔާބީތައް ހޯދާފައިވާ ދަރިވަރެކެވެ.

މާޒިނާ ޢަބްދުއްރަޙީމް މަތީ ތަޢުލީމު ހާސިލުކުރުމަށް ހަމަޖެހިފައިވަނީ [އުޞޫލުއްދީން]ގެ ރޮނގުން މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގައެވެ.

މާޒިނާއަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރިޝިޕް ހަމަޖެހުނު ކަމުގެ ލިޔުން ހަވާލުކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަންގެ އިތުރުން، މާޒިނާގެ މައިންބަފައިން ބައިވެރިވެވަޑައިގެންނެވިއެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


100%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް