އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯންޗެއް ބަންޑުން ޖަހާލައި ދިވެއްސަކު މަރުވެއްޖެ!

ލޯންޗެއް ބަންޑުން ޖަހާލައި ދިވެއްސަކު މަރުވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ލޯންޗެއް ބަންޑުން ޖަހާލައި ދިވެއްސަކު މަރުވެއްޖެއެވެ. 

ފުލުހުން ބުނީ 51 އަހަރުގެ ދިވެހި ފިރިހަނު މަރުވެފައިވަނީ ނޮކު މޯލްޑިވްސް އައިލެންޑް ރިސޯޓަށް ފަތުރުވެރިން ގޮވައިގެން ދަތުރު ކުރަމުންދިއަ ލޯންޗެއް އެ ރިސޯޓުގެ ނެރުމަށްޗަށް މިއަދު ހަވީރު ބަންޑުން ޖަހާލި ހާދިސާގައި ގިނައިން ލޮނު ބޮވުމުގެ ސަބަބުން، ހޭނާރާ އޮވެ ކަމަށެވެ. 

ފުލުހުން ބުނީ މިއަދު އިރުއޮއްސެން ދަނިކޮށް ރިޕޯޓް ލިބުނު މި ހާދިސާ ހިނގިއިރު ލޯންޗްގައި 2 ފަތުރުވެރިންނާއިއެކު ޖުމްލަ ހަތް މީހުން ތިބި ކަމަށާއި އެއިގެ ތެރޭގައި ހަތަރު ފަޅުވެރިންނާއި އެ ރިސޯޓުގައި މަސައްކަތެއް ކުރުމަށް ދިއަ ދިވެހި މީހާ ހިމެނޭ ކަމަށެވެ. 

އެ ލޯންޗު ބަންޑުން ޖަހާލުމާއެކު، އެރިސޯޓުގެ ފަރާތުން ޑިންގީއެއްގައި ގޮސް، މީހުން ސަލާމަތްކޮށްގެން ރިސޯޓަށް ގެނެސްފައިވާ ކަމަށެވެ. 

ފުލުހުން ބުނެފައިވަނީ މި ހާދިސާ އާއި ގުޅިގެން ބލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ. ފަސިންޖަރުން ތިބީ ލައިފް ޖެކެޓް އަޅައިގެންކަން ނުވަތަ ނޫންކަން ހާމަކޮށްފައެއް ނުވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


42%
ވ.ރަނގަޅު
0%
ރަނގަޅު
28%
އޯކޭ
28%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު