އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުތު އޭޝިއާ ރިލިޖަސް ލީޑާސް ޕްލެޓްފޯމް ފޯ ޗިލްޑްރަން ގެ ބައްދަލުވުމުގައި ފަސް ބޭފުޅަކު ބައިވެރިވަނީ

ސައުތު އޭޝިއާ ރިލިޖަސް ލީޑާސް ޕްލެޓްފޯމް ފޯ ޗިލްޑްރަން ގެ ބައްދަލުވުމުގައި ފަސް ބޭފުޅަކު ބައިވެރިވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

ދެވަނަ ސައުތު އޭޝިއާ ރިލިޖަސް ލީޑާސް ޕްލެޓްފޯމް ފޯ ޗިލްޑްރަން ގެ ބައްދަލުވުމުގައި 2020 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ 5 ޢިލްމުވެރިއެއް ބައިވެރިވުމަށް ބޫޓާނަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. 

މި ބައްދަލުވުމަކީ " ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް އޮފް ޗައިލްޑް" ( ސީ.އާރް.ސީ ) ގެ 30 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިޔަށްގެންދާ ބައްދަލުވުމުކެވެ. ޔުނިސެފްގެ ފަރާތުން ރާވައިގެން ކުރިއަށްގެންދާ މި ބައްދަލުވުމުގައި ސައުތު އޭޝިއާގެ ކުޑަކުދިންގެ ހައްޤުތަކާއި އަދި މި ހައްޤުތައް އަދާކޮށްދިނުމުގައި ދީނީ ޢިލްމުވެރިންގެ ދައުރާ ބެހޭގޮތުން މަޝްވަރާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. 

ބޫޓާންގެ ކެޕިޓަލް ސިޓީކަމަށްވާ ތިމްޕޫގެ ލެ މެރީޑިއަން ރިވާފްރަންޓް ހޮޓަލުގައި މި ޖަނަވަރީ މަހުގެ 28 ހުން 29 ވަނަ ދުވަހަށް ބޭއްވުމަށް ހަމަޖެހިފައިވާ  ބައްދަލުވުމުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ " ރިލީޖިއަން އެންޑް ޗިލްޑްރަން ރައިޓްސް އިން ސައުތު އޭޝިއާ " އެވެ. މި ތީމުގެ ދަށުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ 4 މައުޟޫއަކަށެވެ. އެއީ " ވެލިއުސް، ސްޕިރިޗުއަލިޓީ އެންޑް ޕޮލިސީ ފޯ ޗިލްޑްރަން ޑެވެލޮޕްމަންޓް" ، " ޕްރިވެންޓިން ވަޔަލަންސް އެގެއިންސްޓް ޗިލްޑްރަން"، އެންކަރޭޖިން މީނިންފުލް ޔޫތް އެންޑް ޗިލްޑްރަން ޕާޓިސިޕޭޝަން" އަދި " ޕްރިވެންޓިން ޖެންޑާ އިންއީކުއަލިޓީ އިން އެކްސެސިން ޗިލްޑްރަންސް ރައިޓްސް " އެވެ. 

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ސީ.އާރް.ސީ ކުރިއަރާފައިވާ މިންވަރާއި، އެކަމަށް ހުރި ގޮންޖެހުންތައް ދެނެގަތުމާއި އަދި ދުނިޔޭގެ ފެންވަރުގަ އާއި ސަރަހައްދީ ފެންވަރުގައި މިކަމުގައި ދީނީ ޢިލްމުވެރިންގެ ދައުރު ބަޔާންކޮށްދިނުމެވެ. ހަމައެހެންމެ ސައުތު އޭޝިއާގެ 8 ގައުމުގައި ސީ.އާރް.ސީ ކުރިއެރުވުމުގައި އެކި ދީންތަކާއި އަދި ދީނީ ލީޑަރުންގެ ނުފޫޒު އޮތް ދާއިރާތައް ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން ދީނީ ލީޑަރުން ސީ.އާރް.ސީ ހަލުވިކަމާއެކު ކުރިއަރުވަން އަދާކުރެވިދާނެ ރޯލާއި، އަދި އިސްކަން ދޭންޖެހޭ ކަންތައްތައް ދެނެގަނެތުމާއި އެކު ދީނީ ޖަމިއްޔާތަކާއި، ޔުނިސެފަށް މިކަމަށް ބޭނުންވާ އޮޕަރޭޝަނަލް ސްޓެރެޓެޖީއެއް އެކުލަވާލުން ހިމެނެއެވެ. 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސަލަރ ޑރ. ސަޢުދުﷲ ޢަލީ އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ސީނިއަރ ލެކްޗަރަރ ޑރ.އަބްދުއްސައްތާރު ޢަބްދުއްރަޙްމާން އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މުސާއިދު ވާއިޒު އައްޝައިޚް ޢިއްޒުއްދީން ޢަދްނާނު، މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރަރ އައްޝައިޚް ނިމާލް މުޙައްމަދު އަދި އިސްލާމިކް މިނިސްޓްރީގެ ދަޢުވާ ސެކްޝަންގެ ޑިރެކްޓަރ އައްޝައިޚާ ތުލްސޫމާ އަޙްމަދު އެވެ. 

މި ބޭފުޅުން ބޫޓާނަށް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް