އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިލްމުވެރިންނަށް ހުރަސްތައް ކުރިމަތިވާނެ! ސާބިތުކަމާއިއެކު ކެތްތެރިވެލައްވާ!: މުފްތީ މެންކް

ޢިލްމުވެރިންނަށް ހުރަސްތައް ކުރިމަތިވާނެ! ސާބިތުކަމާއިއެކު ކެތްތެރިވެލައްވާ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ޢިލްމުވެރިންނަށް ހުރަސްތައް ކުރިމަތިވާނެ ކަމަށާއި އެކަންކަމަށް އަބަދުވެސް ސާބިތުކަމާއިއެކު ކެތްތެރިވެވަޑައިގަތުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކް އިލްތިމާސް ކުރައްވައިފިއެވެ.

ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއިއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި މުފްތީ މެންކް ވަނީ ކެތްރިވެ ޢާންމުންނަށް ރިވެތި ނަމޫނާ ދެއްކުމަށާއި ހަރުކަށި ނުވުމަށާއި މަޑުމަތިރިކަމާއި އޯގާތެރިކަމާއިއެކު ދީނީ ނަޞޭޙަތް ދިނުމަށް އިލްތިމާސް ކުރައްވައިފައެވެ. އަދި ރަސޫލް (ޞޢވ) ދައްކަވާފައިވާ ނަމޫނާއަކީވެސް އެއީކަމަށްވެސް ވިދާޅުވިއެވެ. 

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ މުފްތީ މެންކުގެ އަމިއްލަ ޙަޔާތްޕުޅުގައި ކުރިމަތިވެވަޑައިގެންފައިވާ ކަންކަމުގެ ތަޖުރިބާތައްވެސް ޙިއްޞާ ކުރެއްވެވި ކަމަށެވެ.

"ވިދާޅުވި ޝައިޚް ދީދާތު އަވަހާރަވެވަޑައިގަތުމުގެ ތަންމަތީގައި އޮންނަވަނިކޮށް ދީދާތުގެ އަރިހަށް ދެވުނު. އެންމެ ފަހުގެ ނަޞޭޙަތަކަށް ވެސް ވިދާޅުވީ އިދިކޮޅު މީހުން ކިތަންމެވަރަކަށް އެއްޗެތި ކިއައި ހެދި ނަމަވެސް ރުޅި ނައުމަށް. ރިވެތި ގޮތުގައި މުޢާމަލާތުކުރުމަށާއި ކާމިޔާބު ލިބޭނެ ކަމަށްވެސް ވިދާޅުވި. އަދި ތިމަންނާ އަދިވެސް މިހަފަހައްޓަނީ އެ ނަޞޭޙަތުގައި ކަމަށް ވެސް މުފްތީ މެންކު ވިދާޅުވި." ޑރ. އިޔާޟް ވިދާޅުވިއެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
25%
އޯކޭ
75%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް