އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒުވާނުންނަށް މުފްތީ މެންކުގެ އިލްތިމާސް: ޒަވާޖީ ޙަޔާތް ކާމިޔާބުކުރެވޭނަމަ ވަރަށް ގިނަ މައްސަލަތައް ދާނީ ޙައްލުވަމުން!

ޒުވާނުންނަށް މުފްތީ މެންކުގެ އިލްތިމާސް: ޒަވާޖީ ޙަޔާތް ކާމިޔާބުކުރެވޭނަމަ ވަރަށް ގިނަ މައްސަލަތައް ދާނީ ޙައްލުވަމުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ޒަވާޖީ ޙަޔާތް ކާމިޔާބުކުރެވޭނަމަ މުޖުތަމައުގައި ހުރި ވަރަށް ގިނަ މައްސަލަތައް ދާނީ ޙައްލުވަމުން ކަމަށް ވިދާޅުވެ ކޮންމެ ޒުވާނަކުވެސް އެމީހެއްގެ ޒަވާޖީ ހަޔާތް ކާމިޔާބުކުރަން ގަދައަޅައި މަސައްކަތްކުރަން މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް އިލްތިމާސްކުރައްވައިފިއެވެ. 

ޒުވާނުންނަށް ޚާއްޞަކޮށްގެން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ފޯރަމްގައި މުފްތީ މެންކް ވިދާޅުވީ ކައިވެނި ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭނެ ކަމަށާއި ޙަޔާތުގެ ފުރިހަމަ އުފާވެރިކަންވެސް ލިބުން އޮތީ ޒަވާޖީ ޙަޔާތް ދަމަހައްޓައިގެން ކަމެވެ. 

"އަބަދުވެސް އަހަރެން ބުނާ ވާހަކައެއް މިއީ ކައިވެނި ކުރެވޭނެ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދޭން ޖެހޭ ވާހަކަ. ޙަލާލް އުނދަގޫކުރީމާ ދެން އިތުރުވާނީ ޙަރާމް ކަންކަން."

މީގެ އިތުރުން މުފްތީ މެންކް މިރޭ ވަނީ ދެމަފިރިން ނަމަވެސް ވީޑިއޯ ކޯލް ކުރުން ފަދަ ކަންކަން ކުރުމުގައި ސަމާލުކަން ދިނުމަށް އެދިވަޑައިގެންފައެވެ. "ބައެއް ފަހަރު ދެމަފިރިންނަށް ދެތަނުގައި ތިބެގެން ކުރެވޭ ވީޑިއޯ ކޯލް 3 ވަނަ ފަރާތަކުން އަތުލައިގެންފައި އެބަ ބަރަހަނާ ވެބްސައިޓްތަކަށްވެސް އަރުވާ. މީގެ އިތުރުން ޒުވާން އަންހެން ކުދިންނަށް ހެދިގެން މުސްކުޅި ފިރިހެނުން އެބަ ކަންކަން ކުރޭ. އެމީހުންގެ ބޭނުން ޙާޞިލުވުމުން ފައިސާ ހޯދަން އެބަ އެކަންކަން ބޭނުން ކުރޭ!." 

މުފްތީ މެންކް ވިދާޅުވީ މިބާވަތުގެ ވާހަކަތައް ދެއްކުމަކީ ޢިލްމުވެރިންނަށް ކުރަން އެހައި ފަސޭހަކަމެއް ނޫން ކަމަށާއި ނަމަވެސް މިފަދަ ނަޞޭޙަތްވެސް ނުދީ ކަންކަން އިޞްލާޙް ކުރެވެން މިހާރު ނެތް ކަމަށެވެ. އަދި މިއީ އުމުރުން ދުވަސްވީ 10 ދަރިންގެ ބައްޕައަކު ދިން ހެޔޮ ނަޞޭޙަތެއްކަމަށް ޤަބޫލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


25%
ވ.ރަނގަޅު
15%
ރަނގަޅު
30%
އޯކޭ
28%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް