އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްތިޢުފާދޭންވީ ޝިދާތާތޯ؟ ނޫނީ ޒިންމާދާރުކުރުވަންވީ ރާއްޖޭގަ ހުރިހާ ކުށްތަކެއް ޢާންމުވުމަށް މަގުފަހިވާ ގޮތަށް ޤާނޫނުހަދާ މަޖިލިސްތޯ؟

އިސްތިޢުފާދޭންވީ ޝިދާތާތޯ؟ ނޫނީ ޒިންމާދާރުކުރުވަންވީ ރާއްޖޭގަ ހުރިހާ ކުށްތަކެއް ޢާންމުވުމަށް މަގުފަހިވާ ގޮތަށް ޤާނޫނުހަދާ މަޖިލިސްތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

ކުޑަކުއްޖަކު ރޭޕްކޮށްފިނަމަ ވަޒީރު އިސްތިއުފާދޭން ޖެހުމާއި ވައްކަން ކުރުން އިތުރުވެ ބަނގުރަލާއި ބަނގުރަލާއި ޑްރަގް ޢާންމުވުމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްތިއުފާ ދޭން ޖެހުމާއި މިފަދަ ގޮވާލުނަތްކުގެ އަޑު ގަދަވަމުން އަންނައިރު ބަލައިލަންވީ ރައްޔިތުން ނުކުމެ ފުރަތަމަ ޒިންމާދާރު ކުރުވަން ޖެހޭ ފަރާތެވެ. 

އެފަރާތަކީ ކުށްތައް ކުރަން މަގުފަހިވާ ގޮތަށް އަދި އިސްލާމީ ޙުކުމްތަކާއި ޚިލާފަށް ޤާނޫނުތައް ހަދަމުން އަންނަ ރައްޔިތުންގެ މަޖިލީސް ކަމަށް ގިނަ ބައަކު ބުނެއެވެ. 

އެގޮތަށް ބުނާ މީހުން ދައްކާ ސަބަބުތައް:

1- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން އިސްލާމް ދީނުގައި ދޭން އޮތް އަދަބު ދޭންޖެހޭ ގޮތަށް ޤާނޫނުތައް ހަދާފައި ނެތުން 

2- ކުށްކުރާ މީހާގެ ހައްޤުތައް ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދަށްވުރެ ބޮޑުވާގޮތަށް ހިޔުމަން ރައިޓްސް ކޮމިޝަން ޙަރަކާތްތެރިކުރުވާ އެކޮމިޝަނުގެ ބެލެނިވެރިފަރާތަކީ މަޖިލިސްކަން 

3- ޑްރަގް ބޭނުންކުރުމަކީ ކުށެއް ނޫން ކަމަށާއި އެއީ ޖެހޭ ބައްޔެއް ކަމަށް ޤާނޫނު ހެދުމުގެ އިތުރުން ބަނގުރާ ބުއިމަކީ 27 ރުފިޔާއިން ޖުރުމަނާކޮށްލުމުން ނިމެން އޮތް ކަމެއް ކަމަށް ޤާނޫނުހަދައި ބަނގުރާ ބޯމީހުންނަށް ހިތްވަރު ދިނުން 

4- ބަނގުރާ ބޮއިގެން މަޖިލިސްތެރޭގައި އުޅެވުމާއި އެގޮތަށް އުޅޭ މަންޒަރު ލައިވްކޮށް ދައްކައި ބަނގުރާ ބުއިމަކީ އެއްވެސް ކުށެއް ނޫންކަން ވިސްނަން ރައްޔިތުންނަށް މަގުފަހިކުރުން 

5- މިކަން ހުއްޓުވަން ޝައްކުކުރެވޭ މެންބަރުން ޗޭމްބަރަށް ވަނުމުގެ ކުރިން ޓެސްޓްކުރަން މަޖިލީހުގެ މެންބަރުން ހުށަހެޅުމުން އެކަން ބަލައިގަނެފައިނެތުން 

6- ވައްކަންކުރާ މީހާ ޖުރުމަނާކުރާ ގޮތަށް ޤާނޫނު ހެދުމުން ވައްކަންކުރާ މީހުންނަށް ހިތްވަރު ލިބިފައިވުން. އެކަމުގެ ސަބަބުން ވައްކަން ކުރުން އިތުރުވަމުންދާކަން. 

7- އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ އަދި ޤާނޫނުގައި މަނާކޮށްފައިވާ ކުށްތައް ކުރުން ހުއްޓުވަން ފުލުހުން ކުރާ މަސައްކަތް ބަދުނާމުކޮށް، ކުށްވެރިކޮށް މަޖިލީހުގެ ރައީސް ލައިވްކޮށް ރައްޔިތުންގެ ކުރިމަތީގައި ވަކާލާތުކުރައްވާކަން 

ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި މައްސަލަތަކުގެ ޙައްލަކީ ކުށްކުރާ މީހުންނަށް އަދަބު ދެވޭނެ ގޮތަށް އިސްލާމީ ޝަރީޢަތުގައިވާފަދައިން މަޖިލީހުން ޤާނޫނުތައް ފާސްކުރުމެވެ. އިސްލާމީ ޝަރީޢާ ތަންފީޒުކުރެވޭނެ މަގު މަޖިލީހުން ފަހިކޮށްދިނުމެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކަށްވުރެ ފުރިހަމަ ޙުކުމެއް ނުއޮންނާނެކަން ޤަބޫލުކޮށް މަޖިލީހުން ޤާނޫނުތައް ހެދުމެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


26%
ވ.ރަނގަޅު
15%
ރަނގަޅު
26%
އޯކޭ
31%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް