އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ.އަފްރާޝީމްގެ މަރުގެ ރިޕޯޓާގުޅޭ އިތުރު ތުހުމަތުތަކެއް ފެންމަތިވެއްޖެ!

ޑރ.އަފްރާޝީމްގެ މަރުގެ ރިޕޯޓާގުޅޭ އިތުރު ތުހުމަތުތަކެއް ފެންމަތިވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު

މަރުކޮމިޝަނުން ނެރުނު ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމާއި ބެހޭ ރިޕޯޓާއިގުޅޭ އިތުރު ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުން ފުލުހުން ފުރަތަމަ ހާމަ ކުރި ކަންކަމުގެ އަޞްލު ގެއްލޭ ގޮތަށް ތުހުމަތުތައް ބަދަލުކޮށްގެން ނެރުމުން ޑރ.އަފްރާޝީމްގެ ޢާއިލާއިން އިންވެސް ބަލައިނުގެންފައިވާ މި ރިޕޯޓާއިމެދު އިތުރު ތުހުމަތުތަކެއް އުފެދުނީ ރިޕޯޓާއި ގުޅިގެން އެއިރުގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޟް 241 ކޮމިޓީ މެދުވެރިކުރައްވައި މަރުކޮމިޝަނާއި ސުވާލުކުރައްވަން މަޖިލީހުގެ ބޮޑު މެޖޯރިޓީ އޮތް އެމްޑީޕީ މެންމަބަރުން ދެކޮޅު ހަދައި ހުރަސް އެޅުމުންނެވެ.

އެކަމަކީ އެމްޑީޕީ ނޫން ފަރާތަކަށް ގެއްލުން ލިބި އަދި އެމްޑީޕީއަށް ފައިދާ ކުރާނެ ކަމެއް ނަމަ "ގައިގައި މުލިއްސެއް ޖެހުން" ފަދަ ކަންކަމުގައިވެސް މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް އެކަމަކާއިބެހޭ ސުވާލުތައް ކުރަމުން ގެންދާއިރު އެމްޑީޕީގެ ބޮޑުންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވޭ ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގައި މަރުކޮމިޝަނާއި ސުވާލުކުރުމުގތެ ފުރުޞަތު ނުދިނުމުން ރިޕޯޓް، މަރުކޮމިޝނުގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ "ފީބާ ރޭޑިއޯ" އާއި އެޅެމުންދާ ލިންކަށް މިވަނީ ބޮޅެއް އިތުރުވެފައެވެ.

ރިޔާޟް މިކަން ހާމަކުރެއްވީ ސީއެންއެމް ޓީވީގެ 5 ކާފު ޕރޮގްރާމުގައި ކަމަށްވާތީ ތިރީގައި މި ނަކަލު ކުރަނީ ސީއެންއެމް އޮންލައިނުގައި އޮތް ޚަބަރު އޮތް ގޮތަށެވެ.

"ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ދިރާސާކުރި ގޮތާ މެދު ސުވާލު އުފައްދަވާ، ކޮމިޓީގެ އެމަސައްކަތަށް ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ސީއެންއެމްގެ އިތުރުކާފް ޕްރޮގްރާމްގައި ރޭ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރިޔާޒު ވިދާޅުވީ ޑރ. އަފްރާޝީމްގެ ރިޕޯޓް މަޖިލީހަށް ލިބުމުން މަރު ކޮމިޝަންގެ މެންބަރުން 241 ކޮމިޓީއަށް ހާޒިރުކޮށް ކުރަން ބޭނުންވާ ސުވާލުތަކެއް ހުރިކަން އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމިޓީން އެކަން އެގޮތަށް ކުރަން ބޭނުން ނުވި ކަމަށްވެސް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ޑރ. އަފްރާޝީމްގެ ރިޕޯޓް ނެރުމާ އެކު އާންމުން ސާފުކުރަން ބޭނުންވި އެތައް ކަމެއް ހުރި ކަމަށެވެ. ނަމަވެސް މަރު ކޮމިޝަންގެ ބޭފުޅުން 241 ކޮމިޓީއަށް ހާޒިރުކޮށްފައި ނުވާތީ އެކަންކަން ސާފުވެފައި ނުވާ ކަމަށެވެ. އެހެންކަމުން ކޮމިޓީގެ މަސައްކަތް ކުރިއަށް ދިޔަ ގޮތާ މެދު ރިޔާޒު ވަނީ ސުވާލު އުފައްދަވާފަ އެވެ.

"މައްސަލަ މަޖިލީހަށް އައުމާއެކު މެންބަރުން ކައިރިން އަޅުގަނޑު އެދުނިން ރައްޔިތުން ސުވާލުތަކެއް އުފެއްދިއޭ. އެ ސުވާލުތައް ކުރެވެން ވާނެ ކަމަށް ގަބޫލުކުރަމޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ 241 ކޮމިޓީން އެކަން ދިޔައީ އެންމެ ރަނގަޅަކަށް ނޫން. ސުވާލުކުރެވިގެން އިތުރަށް ތަފުސީލުވާން ޖެހޭ ކަންތައްތަކެއް ރިޕޯޓުގައި އެބަހުރި،" ރިޔާޒު ވިދާޅުވިއެވެ.

މަޖިލީހުގެ 241 ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ރިޔާޒު ހިމެނިވަޑައިގެންނެވި ނަމަވެސް މަރު ކޮމިޝަނުން އެކުލަވާލި ޑރ. އަފްރާޝީމް އަލީގެ ރިޕޯޓް ދިރާސާކުރި ކޮމިޓީގެ ބައްދަލުވުންތަކުގައި އޭނާ ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ސަބަބަކީ ޑރ. އަފްރާޝީމް އަވަހަރާކޮށްލި އިރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި އޭނާ ހުންނެވުމާ ގުޅިގެންނާއި، މަރު ކޮމިޝަނުން ކުރިއަށް ގެންދިޔަ ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގަށް އޭނާ ބަޔާނެއް ދެއްވާފައިވާތީ މަސްލަހަތު ފުށުއެރުންތަކެއް ހުރުމުންނެވެ."

އާރޓިކަލް ރޭޓްކުރައްވާ


23%
ވ.ރަނގަޅު
18%
ރަނގަޅު
21%
އޯކޭ
36%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް