އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްކޫލްތައް ހުޅުވުމާއެކު ދަރިވަރުންނަށް އިސްލާމީ ތަރުބިއްޔަތު ދިނުމުގެ ޕްރޮގްރާމްތައް ދެ ނަމާދު ދޭތެރޭ ސްޓޭޑިއަމްގަ ބާރަށް ކުރިއަށް!

ސްކޫލްތައް ހުޅުވުމާއެކު ދަރިވަރުންނަށް އިސްލާމީ ތަރުބިއްޔަތު ދިނުމުގެ ޕްރޮގްރާމްތައް ދެ ނަމާދު ދޭތެރޭ ސްޓޭޑިއަމްގަ ބާރަށް ކުރިއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

ރޭ އިރު އޮއްސި 7 ޖެހިވަގުތެވެ. ބެލެނިވެރިއަކު 12 ވަރަކަށް އަހަރުގެ ކުއްޖަކު ސްޓޭޑިއަމް ދަނޑަށް ގެންދިއައެވެ. ސުވާލުކޮށްލުމުން ބުނީ ޕޫލަކަށް ދަރިފުޅު ނަގާފައިވާތީ ގެނައީ ކަމަށެވެ. ދެވަނަ ބެލެނިވެރިޔާ ގާތު އަހައިލުމުން ބުނީ ޕޫލަށް ނެގީމާ ނުފޮނުވައިފިނަމަ ދަރިވަރުގެ ކިޔެވުމަށް ވެސް ހުރަސް އެޅޭ ކަމަށެވެ.  

އެއިރު އެއްދަނޑުގައި ފުޓްބޯޅަ ޕްރެކްޓިސް ކުރިއަށް ދަނީއެވެ. ދެވަނަ ދަނޑުގައި ފަށަން ތައްޔާރުވަނީއެވެ.  

ތައުލީމީ ވަޒީރަށާއި ކުޅިވަރާއިބެހޭ ވަޒީރަށް ދަންނަވާލަން ބޭނުންވަނީ ދަރިވަރުންނަށް މަޣްރިބް ނަމާދާއި ޢިޝާ ނަމާދުގެ ޖަމާއަތް ގެއްލޭނެ ގޮތަށް ޕޫލް ކުރިއަށް ތިއަ ގެންދަވާއިރު ޢިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅާއި ކުރިއަށް ތިއަ ގެންދަވާ ޕޫލުގެ ކަންކަން ދިމާވޭތޯއެވެ!  

ދަރިވަރުން ސްކޫލް ނިންމާއިރު އިސްލާމް ދީނުގެ ކަންކަމަށް ތަރުބިއްޔަތުކުރަން ހިންގާ ތަމްރީނު ޕްރޮގްރާމަކީ ތިއައީތޯއެވެ؟ އިސްލާމް ދީނަސް ލޯބި ޖައްސަން ކުރާ މަސައްކަތަކީ ތިއައީތޯ ވެސް ސުވާލުކޮށްލަން ބޭނުންވެއެވެ.  

ދެ ނަމާދު ދޭތެރެ ޚާއްޞަ ވަގުތެއް ކަމަށް ޒަމާނުންސުރެ ބަލަމުން އަންނަނީ ދެ ނަމާދުގެ ވަގުތު ގާތްވުމުންނެވެ. އެދެމެދުގައި ކުޅިވަރު ކުޅުން ފަދަ ކަންކަމުގައި މަސްއޫލުވުމުން ޖަމާޢަތުގެ ނަމާދު ގެއްލޭތީއެވެ. އެހެންކަމުން މިކަމަކީވެސް އިސްލާމް ދީނުގެ ރިވެތި އުޞޫލުތަކާއި ޚިލާފަށް ކުރާ އެހެން ކަންކަން ފަދައިން އދ ގެ މުޢާހަދާއެއްގައި ރާއްޖެއިން ސޮއިކޮށްފައިވާތީ ކުރަން ޖެހޭ ކަމެއް ކަމާއިމެދުވެސް ސުވާލު އުފެދެއެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
14%
ރަނގަޅު
14%
އޯކޭ
21%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް