އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރައްވާ: އެޑިއުކޭޝަން މިނިސްޓަރ

ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރައްވާ: އެޑިއުކޭޝަން މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހިންގާ ކަމުގެ މަޢުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ހިއްސާކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ އެދިވަޑައިގެންފިއެވެ.

އެޑިއުކޭޝަން މިނިސްޓަރ މިފަދައިން އެދިވަޑައިގެންފައި މިވަނީ، ވެކްސިން ނުޖެހި ނަމަވެސް ސްކޫލަށް ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުންނަ ކަމަށް ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރ ޑރ. އަޙުމަދު ފައިސަލް ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެފަދަ މަޢުލޫމާތުތައް ސޯޝަލް މީޑިއާގައި ފެތުރުމަކީ އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ކުރެއްވި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މީގެއިތުރުން ޑރ. ފައިސަލްގެ އަތުގައި އެފަދަ މައުލޫމާތެއް ހުރިނަމަ އެކަން ހިއްސާކުރުމަކީ ބަލައިގަންނާނެ ކަމެއްކަމަށާއި އަދި އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައެވެ.

ދޮޅު އަހަރެއްހާ ދުވަސް ފަހުން ރާއްޖެއިން ހިމަބިހި ފެނިފައިވާތީ އާންމުން ކަންބޮޑުވެ ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތު ސުވާލުތައް އަންނަނީ ކުރަމުންނެވެ. މި ސުވާލުތަކަށް ޖަވާބުދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ ވެކްސިން ނުޖެހި ނަމަވެސް ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުރިކަމަށެވެ.

ހިމަބިއްސަށް ޝައްކުކުރެވޭ އިތުރު ކުއްޖަކު މިހާރު ވަނީ ފެނިފައެވެ. ހިމަބިއްސަށް ޕޮޒިޓިވްވި މީހަކު ފުރަތަމަ ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ހޮނިހިރު ދުވަހު އެޗްޕީއޭއިން ބުނެފައިވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ 3 އަހަރުގެ ކުއްޖެއް މާލެއިން ފެނިފައިވާކަމަށާއި މި ކުއްޖާއަކީ ވެކްސިން ފުރިހަމަ ނުކޮށް ހުރި ކުއްޖެއް ކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
100%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ