އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޙުސްނުއްސުޢޫދު ޢަޒުލްކޮށް ޤާނޫނީ ފިޔަވަޅު އަޅަން ޖެހޭ: ޑރ. ޝަހީމް

ޙުސްނުއްސުޢޫދު ޢަޒުލްކޮށް ޤާނޫނީ ފިޔަވަޅު އަޅަން ޖެހޭ: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

މަރުކޮމިޝަނުގެ ކުރީގެ ރައީސް، މިހާރު ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދު މަޤާމުން ޢަޒުލުކޮށް އެމަނިކުފާނާއިމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ. 

 

ޑރ. ޝަހީމް ވިދާޅުވީ އޭނާއަކީ ނަޒާހަތްތެރިކަން ގެއލިފައިވާ ބޭފުޅެއް ކަމަށާއި ތަޙްޤީޤް ފުރިހަމަނުކޮށް ރިޕޯޓް ނެރުނު މައްސަލައިގައި ޤާނޫނީ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. ހަމަ އެއާއިއެކު މަރުކޮމިޝަނަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ސިޔާސީ ގޮތުން ބައަކު ބަދުނާމުކޮށް، ޑރ. އަފްރާޝީމުގެ މަރުގެ މައްސަލައިގެ މިސްރާބު ދީނީ މީހުންގެ ބޮލަށް ބިންދާލަން މަސައްކަތް ކުރަނީ ޑރ. އަފްރާޝީމުގެ ޙަޤީޤީ ޤާތިލުން ފޮރުވުމަށް ކަމަށްވާތީ  ކޮމިޝަނުގެ މެންބަރުންގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ހިންގަން ޖެހޭ ކަމަށްވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ. 

 

"މަރުކޮމިޝަނަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ސިޔާސީ ގޮތުން ބައަކު ބަދުނާމުކޮށް، ޑރ. އަފްރާޝީމުގެ މަރުގެ މައްސަލައިގެ މިސްރާބު ދީނީ މީހުންގެ ބޮލަށް ބިންދާލަން މަސައްކަތް ކުރަނީ ޑރ. އަފްރާޝީމުގެ ޙަޤީޤީ ޤާތިލުން ފޮރުވުމަށެވެ. ވީމާ ކޮމިޝަނުގެ މެންބަރުންގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ހިންގަން ޖެހެއެވެ.\

 

މަރުކޮމިޝަނުން ފޮނުވި ދައުޥާތައް ޕީޖީ އަނބުރާ ފޮނުވާލުމުން ދޭހަނަނީ ޙުސްނުއްސުޢޫދު ކުޅުނީ ސިޔާސީ ކުޅިއެއްކަމެވެ. ހުސްނުއްސުޢޫދު ސްޕްރީމް ކޯޓުން ޢަޒުލްކުރަން ޖެހެއެވެ. އޭނާއަކީ ނަޒާހަތްތެރިކަން ގެއލިފައިވާ މީހެކެވެ. ތަޙްޤީޤް ފުރިހަމަނުކޮށް ރިޕޯޓް ނެރުނު މައްސަލައިގައި ޤާނޫނީ ފިޔަވަޅު އަޅަން ޖެހެއެވެ."

އާރޓިކަލް ރޭޓްކުރައްވާ


16%
ވ.ރަނގަޅު
0%
ރަނގަޅު
16%
އޯކޭ
66%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް