އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މޫސުމަށް ސަމާލުވޭ! އަނެއްކާވެސް ޔެލޯ އެލާރޓް ނެރެފި!

މޫސުމަށް ސަމާލުވޭ! އަނެއްކާވެސް ޔެލޯ އެލާރޓް ނެރެފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 56 ސިކުންތު

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާރޓް ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާރޓް ނެރެފައިވަނީ ރ. އަތޮޅުން ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.

ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު ހެނދުނު 8:30 އިން މެންދުރު 11:30 އާއި ހަމައަށެވެ.

 

ޔެލޯ އެލާޓް ނެރެފައިވާއިރު ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް:

· ދަތުރަށް ފެށުމުގެ ކުރިން މޫސުމާއިވެހެ އެންމެ ފަހުގެ މައުލޫމާތު ހޯދާ، އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުން.

· ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާކުވެ، ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅު ފަަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.

· ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުން.

. ގެއަށް ފެންވަދެފާނެ ކަމުގައިވާނަމަ ގޭ ބޭރުގައި ވެލިބަސްތާފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން.

· ފެންޖެހި ހަލާކުވާނެ ފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެފަދަ ތަންތަނަށް ބަދަލުކުރުން.

· އަލަށް އިމާރާތް ކުރަން ފަށާފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.

· މޫސުމާއި ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން ސަމާލުވުން.

އާރޓިކަލް ރޭޓްކުރައްވާ


16%
ވ.ރަނގަޅު
0%
ރަނގަޅު
16%
އޯކޭ
66%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ