އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމްގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބަލައިގެންފި!

ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމްގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބަލައިގެންފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

މަނީލޯންޑްރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އިއްވި 5 އަހަރުގެ ޖަލު ޙުކުމްގެ އިސްތިއުނާފު ކުރުމަށް ހުށައެޅި މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އެމައްސަލަ، ބަލައިގެންފައިވާކަން އެކޯޓުން ވަނީ ހާމަކޮށްފައެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން އެމައްސަލަ އިސްތިއުނާފަށް ހުށައެޅި އިރު، ކަފާލާތުގެ ދަށުން ރައީސް ޔާމީނު ޖަލުބަންދުން ދޫކޮށްދެއްވުމަށް ވަނީ އެދިފައެވެ.

މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވެ ކްރިމިނަލް ކޯޓުން ރައީސް ޔާމީނުގެ މައްޗަށް ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަދެފައިވާ އެސްއޯއެފް ކުންފުނީގެ އެކައުންޓަކުން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި މައްސަލައިގައެވެ. މި މައްސަލަ ނިންމާފައިނީ ފަސް އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ޔާމީންގެ މައްޗަށްކުރީ ސިޔާސީ ހުކުމެއް ކަމަށާއި އެ ހުކުމް ބަލައި ނުގަންނަކަމަށް އެމަނިކުފާނު ނިސްބަތްވާ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ބޭފުޅުން ވަނީ ބުނެފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ