އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ސައުދިޢަރަބިޔާއަކީ އެއްވެސް އިރަކު ހައްދުފަހަނައަޅައި ދިއުމަށް ތާއީދުކުރާ ޤައުމެއް ނޫން: ޑރ. ޝަހީމް

ސައުދިޢަރަބިޔާއަކީ އެއްވެސް އިރަކު ހައްދުފަހަނައަޅައި ދިއުމަށް ތާއީދުކުރާ ޤައުމެއް ނޫން: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ސައުދިޢަރަބިޔާއަކީ އެއްވެސް އިރެއްގައި ހަރުކަށި ފިކުރަށާއި ހައްދުފަހަނައަޅައި ދިއުމަށް ތާއީދުކުރާ ޤައުމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ޑރ. ޝަހީމް ވިދާޅުވީ ހަރުކަށިފިކުރާއި ސައުދީ ޔުނިވަރސިޓީތަކުން އުނގަންނައިދޭ ތައުލީމާއި ގުޅުވައިގެން ރައީސް ނަޝީދު އިއްޔެ ދެއްކެވި ވާހަކަތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެގޮތަށް ވާހަކަފުޅު ދައްކަވާފައިވަނީ ސައުދިޢަރަބިޔާގެ ޔުނިވަރސިޓީތަކުން ދޭ ތަޢްލީމްގެ މައުލޫމާތު އެއްވެސް ވަރަކަށް އެނގިވަޑައި ނުގަންނަވާތީ ކަމަށެވެ. 

ޑރ. ޝަހީމް މިފަދަ މޭރުމަކުން ވިދާޅުވެފައިވާއިރު ހަރުކަށި ފިކުރާއި ދެކޮޅަށް އޯއައިސީ ކުރަމުން ގެންދާ މަސައްކަތްތަކުގައި އެންމެ އިސް ދައުރެއް މިހާރު އަދާކުރައްވަމުން ގެންދަވަނީވެސް އެމަނިކުފާނުކަން ފާހަގަކުރެވެއެވެ. 

އެހެންކަމުން އޯއައިސީގައި މިފަދަ އިސް ދައުރެއް ޑރ. ޝަހީމް އަދާކުރައްވާތީ އެކަމަށް ހަސަދަވެރިވެ ސަރުކާރުން ގެންދަނީ ޑރ. ޝަހީމްގެ އިސްތަށިފުޅުގައި ދޮގު އިލްޒާމްތައް އަޅުވައި ބަދުނާމްކުރަން މަސައްކަތްކުރަމުންކަން ޑރ. ޝަހީމް ވަނީ ފާހަގަކުރައްވައިފައެވެ. 

އާރޓިކަލް ރޭޓްކުރައްވާ


25%
ވ.ރަނގަޅު
75%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް