އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދުނިޔޭގައި ހުރި، މައްސަލައަކަށްފަހު މައްސަލައެއް ކުރިމަތިވަމުން އަންނަ ހަމައެކަނި މީހަކީ ތިބާ ކަމަށް ހީނުކުރާށެވެ!: މުފްތީ މެންކް

ދުނިޔޭގައި ހުރި، މައްސަލައަކަށްފަހު މައްސަލައެއް ކުރިމަތިވަމުން އަންނަ ހަމައެކަނި މީހަކީ ތިބާ ކަމަށް ހީނުކުރާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ދުނިޔޭގައި ހުރި، މައްސަލައަކަށްފަހު މައްސަލައެއް ކުރިމަތިވަމުން އަންނަ ހަމައެކަނި މީހަކީ ތިބާ ކަމަށް ހީނުކުރާށެވެ! ތިބާ ފަދަ އެތައް ބައަކު ތިބޭނެއެވެ. ތިބާއަށްވުރެ މާ ދަތި ޙާލުގައި އުޅެން ޖެހުނު، އަދި މާގިނަ މުޞީބާތްތައް ކުރިމަތިވި އެތައް ބައަކު މަރުވެ ހިނގައްޖެއެވެ. 

ވީމާ މާޔޫސް ނުވެ ހިތްވަރު ކުރާށެވެ. މަގު އަނދިރީއެވެ. މަގުގެ ކޮޅުގައި ޙަޔާތަށް އަލިކޮށްދޭނެ ދަންމަރެއްވާކަން ޔަޤީންކޮށްގެން ކުރިއަށްދާށެވެ! މަގު އޮތީ ފެންނާށެވެ! ﷲ ތަޢާލާއަށް ފުރިހަމައަށް އިތުބާރުކުރާށެވެ! ފުރިހަމަ ޔަޤީންކަމާއިއެކުގައި ކުރިއަށްދާށެވެ! 

މައްސަލައެއް ކުރިމަތިވުމުން މާޔޫސްވެ ގޮތް ހުސްވުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. އެހެނީ އަހަރެމެންނާއި މައްސަލަތައް ކުރިމަތިކުރައްވަވާނެކަން ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަޅުންނަށް ގިނައިން މައްސަލަތައް ކުރިމަތިކުރައްވަވާނެ ކަމާއި ބޮޑެތި މައްސަލަތައް ކުރިމަތި ކުރައްވަވާނެކަން ވެސް ވަނީ އަންގަވައިފައެވެ. 

މާޔޫސްވެ ގޮތް ހުސްވެ އެކަން ބަލިމަޑުކަމަކަށް ބަދަލުވެގެންދަނީ މިކަންކަން ހަނދާން ނުކުރާ މީހުންނެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާން ވެވޭނަމަ މިބުނި ކަންކަން ހިތްމައްޗަށް ގެނެވޭނެއެވެ. އަދި ކެތްތެރިވާނެއެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
100%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް