އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ރިޕޯޓެއްގެ ޒަރީޢާއިންވެސް ޙައްޤަކާނުލައި އެއްވެސް މީހެއްގެ އަބުރު ކަތިލެވިގެން ނުވާނެ: ޝައިޚް އިލްޔާސް ޖަމާލް

ރިޕޯޓެއްގެ ޒަރީޢާއިންވެސް ޙައްޤަކާނުލައި އެއްވެސް މީހެއްގެ އަބުރު ކަތިލެވިގެން ނުވާނެ: ޝައިޚް އިލްޔާސް ޖަމާލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

މީސްތަކުންގެ އަބުރަކީ ޙުރުމަތްތެރި އެއްޗެއް ކަމަށާއި ރިޕޯޓެއްގެ ޒަރީޢާއިންވެސް ޙައްޤަކާނުލައި އެއްވެސް މީހެއްގެ އަބުރު ކަތިލެވިގެން ނުވާނެކަމަށް ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވެއްޖެއެވެ. 

("فإن دماءكم وأموالكم وأعراضكم حرام.."متفق عليه "ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެއާއި، މުދަލާއި، އަބުރު ވަނީ ޙުރުމަތްތެރިވެގެންނެވެ.") 

މިއީ މަރު ކޮމިޝަނުގެ ރިޕޯޓާއި ގުޅިގެން ޝައިޚް އިލްޔާސް ޖަމާލު ވިދާޅުވެފައިވާ ބަސްފުޅެކެވެ. 

އެ ރިޕޯޓާއި ގުޅިގެން ކުރީގެ ނައިބް ރައީސް، ޤާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ ކޮމިޝަންގެ ރިޕޯޓަކީ ނިހާއީ ނިންމުމެއް ނޫން ކަމަށެވެ. އަދި ޑރ. ޝަހީމަކީ އެއްވެސް މީހެއްގެ ނަފްޞަށް އަނިޔާއެއް، ގެއްލުމެއް ދެއްވާނެ، އަދި އެފަދަ ކަމެއްގައި ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. 

ޑރ. ޝަހީމަކީ ރާއްޖެ ފަޚްރުވެރިވާ ފަދަ ޢާލިމެއް ކަމަށާއި އިތުބާރު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށްވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


25%
ވ.ރަނގަޅު
0%
ރަނގަޅު
50%
އޯކޭ
25%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް