އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ތިލަފުށީގައި ކެމިކަލް ރައްކާކުރާ ގުދަންތައް ރައީސް ބައްލަވާލައްވައިފި

ތިލަފުށީގައި ކެމިކަލް ރައްކާކުރާ ގުދަންތައް ރައީސް ބައްލަވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ތިލަފުށީގައި ތަރައްޤީކޮށްފައިވާ ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ ގުދަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ގުދަންތައް ބައްލަވާލައްވާފައިވަނީ މިއަދު މެންދުރުފަހު ތިލަފުށްޓަށް ކުރެއްވި ޒިޔާރާތެއްގައެވެ.

ތިލަފުށްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ގްރެއިޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީ.އެމް.އައި.ޒެޑް.އެލް.) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު އަބޫބަކުރާއި އެ ކުންފުނީގެ އިސް މުވައްޒަފުންނެވެ. ތިލަފުށްޓަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާވަނީ، އަލަށް ތަރައްޤީ ކޮށްފައިވާ ގުދަންތައް ބައްލަވާލައްވައި، އެތަނުގައި ޤާއިމްކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވާފައެވެ.

ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް ރައްކާކުރުމަށް ޚާއްޞަ ގުދަންތަކެއް ތިލަފުށީގައި ތަރައްޤީ ކޮށްފައިވަނީ، މިދިޔަ ސެޕްޓެމްބަރު މަހު ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން، މާލޭގައި ހުރި ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް ރައްކާތެރިކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވަނީ ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު މާލޭގައި ގުދަންކުރާ ގޮތުގެ ސަބަބުން މާލޭގައި ދިރިއުޅޭ ޢާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާއި ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ގްރެއިޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ފަރާތުން ތިލަފުށީގައި ތަރައްޤީކޮށްފައިވާ ވެއާހައުސްގައި 34 ގުދަން ހިމެނެއެވެ. ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، އަދި ޚާއްޞަކޮށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައިވާ މި ގުދަންތަކުގެ ތެރޭގައި 300 އާއި 800 އަކަފޫޓާއި ދެމެދުގެ ޔުނިޓުތައް ހިމެނެއެވެ.

އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން، ސަރުކާރުންވަނީ، އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މީގެތެރޭގައި، ނުރައްކާތެރި ކެމިކަލާބެހޭ ޤަވާއިދު މުރާޖަޢާ ކުރައްވައި ތަންފީޒު ކުރެއްވުން ހިމެނެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު