އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ރިޕޯޓު އާއްމުކޮށްފި!

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ރިޕޯޓު އާއްމުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 10 ސިކުންތު

ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މައްޝޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި، މަރުތަކާއިބެހޭ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓު ރައީސް އޮފީހުން މިއަދު އާއްމުކޮށްފިއެވެ.

ރ. އުނގޫފާރު/ގުލްފާމުގޭ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލީ 1 އޮކްޓޯބަރ 2012 ވަނަ ދުވަހުގެ ރެއެވެ. އެރޭ ބޭރުގައި އުޅުއްވުމަށްފަހު އެރޭ ދަންވަރު 00:09 ހާއިރު އެމަނިކުފާނު ދިރިއުޅުއްވާ ގެއަށް (ހ. ފުންވިލު) އަށް ވަޑައިގަތް ވަގުތު، އެގޭ ސިޑި ކައިރީގައި ބަޔަކު ޑރ އަފްރާޝީމް އަށް ކަތިވަޅިއަކުން ހަމަލާދީ ވަރަށް އަނިޔާވެރިކަމާއި ރަހުމު ކުޑަކޮށް އަވަހާރަކޮށްލިއެވެ.

ޑރ. އަފްރާޝީމް އަވަހާރަ ކޮށްލަން ރޭވި މީހުންނާއި، އެކަން އެބަޔަކު ކުރަން ބޭނުންވި ސަބަބު ހޯދުމަށާއި، އެކަމަށް ޚަރަދު ކުރި ފަރާތް ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ 17 ނޮވެމްބަރ 2018 ވަނަ ދުވަހު ކޮމިޝަނެއް އެކުލަވާލާފައެވެ. އަދި މިއީ އެކޮމިޝަނުން އެހާދިސާ ތަހުގީގު ކުރުމަށްފަހު އެކުލަވާލި ރިޕޯޓެވެ. 

މަރުތައް ތަހުޤީގު ކުރުމަށް އެކުލަވާލި ކޮމިޝަނުން ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ބަލާފައިވަނީ، މައިގަނޑު ހަތަރު މިސްރާބަކަށް އަމާޒުކޮށްގެންނެވެ. އެ މިސްރާބު ތަކަކީ،

1) އޭރު އޮތް ސަރުކާރާ އިދިކޮޅު ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދަކަށް.

2) އަމިއްލަ ޕާޓީގެ އެތެރޭގެ ސިޔާސީ ވާދަވެރިކަމުގެ ސަބަބުން.

3) 2013 ގެ ރިޔާސީ އިންތިޚާބު އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ކާމިޔާބުވިޔަ ނުދިނުމުގެ މަގްސަދުގައި.

4) ދީނީ ގޮތުން ޚިޔާލު ތަފާތުވުން.

· ހާދިސާ

ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޑރ. އަފްރާޝީމް އަވަހާރަ ކޮށްލާފައިވަނީ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވަމުން ގެންދެވި ހ. ފުންވިލުގޭގެ ސިޑި ކައިރީގައި، 2 އޮކްޓޯބަރ 2012 ވަނަ ދުވަހުގެ މެންދަމުގެ ވަގުތުގައެވެ. އެމަނިކުފާނު އަވަހާރަ ކޮށްލުމަށް ބަޔަކު ވަޅިން ހަމަލާދީފައިވަނީ 1 އޮކްޓޯބަރ 2012 ވަނަ ދުވަހުގެ ރޭ 22:00 އިން 23:00 އަށް ޓީވީ މޯލްޑިވްސް އިން ވަގުތުން ދެއްކި "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމުގައި ބައިވެރިވުމަށްފަހު އެމަނިކުފާނު އެނބުރި ގެއަށް ވަދައިގެންނެވި ވަގުތުގައެވެ.

 

· ކޮމިޝަނަށް މައްސަލަ ހުށަހެޅުނުއިރު އެމައްސަލަ/ތަހުގީގު ގޮސްފައިވާ ހިސާބު

2012 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން މިމައްސަލަ ތަހުގީގު ކުރުމަށްފަހު ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަން ކޮމިޝަންގެ ރިޕޯޓުގައިވެސް ހާމަ ކޮށްފައިވެއެވެ. އެތިން މީހުންނަކީ ހ. ހިލްޓަން އަޒްލިފް ރައޫފް އާއި، ހ. ލޮބީ ޙުސެއިން ހުމާމު އަހްމަދު ގެ އިތުރުން ހ. ހިކޯސްޓް އަލީ ޝާން އެވެ. މިތިން މީހުންގެ ތެރެއިން ޕީޖީން އެދައުވާ އުފުލާފައިވަނީ ހުމާމް އާއި ޝާންގެ މައްޗަށް އެކަންޏެވެ. އަޒްލިފް ރައޫފް ގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ. ހުމާމް އާއި ޝާން ގެ މައްޗަށް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ޝަރުއީ މަރުހަލާތައް މިހާތަނަށް އައި އިރު ވަނީ ނިމިފައި ކަމަށާއި ޑރ. އަފްރާޝީމް އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާކަން ހުމާމްގެ މައްޗަށް ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ އޭނާއަށް މަރުގެ ހުކުމް ވެސް އިއްވާފައެވެ. އެހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ތާއީދު ކޮށްފައިވެއެވެ. ނަމަވެސް ޝާން ގެ މައްޗަށް އެއްވެސް ކަމެއް ސާބިތު ވެފައެއް ނުވެއެވެ.

 

· ތަހުގީގު ކުރުމަށް ކުރެވުނު ކަންކަން

ހ. ހެކިން ހާޒިރުކޮށް ސުވާލުކުރުން

ށ. ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި އެހެނިހެން ތަންތަނުގައި ހުރި މިމައްސަލައާއި ގުޅޭ ލިޔުންތަކާއި މައުލޫމާތުތައް ހޯދުން

ނ. މިމައްސަލައާއި ގުޅޭގޮތުން ފުލުހުން އެކިއެކި މީހުންނާއި ސުވާލުކޮށް ނަގާފައިވާ ތަހުގީގީ ބަޔާންތައް ހޯދާ ދިރާސާ ކުރުން

ރ. މީގެކުރިން ފުލުހުން ހޯދާފައިވާ ސީސީޓީވީ ފުޓޭޖްތަކާއި ފޮޓޯއާއި އިންޓެލިޖެންސް މައުލޫމާތުތައް ހޯދާ ތަހުލީލު ކުރުން 

 

ޑރ. އަފްރާޝީމް މަރާލުމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ހުމާމު ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ:

" ނ. ވެލިދޫއިން މާލެ އައުމަށް އަޒްލިފު އެންގުމުން ހުމާމް މާލެ އައީ ސެޕްޓެމްބަރ 25 ހާހިސާބުގައެވެ. ވެލިދޫއިން މާލެ އައި ދުވަހުގެ ހަވީރު އަޒްލިފް އާއި ސްޕައި ޖަނާ އާއި ޖާ ޖަލަޕީނޯ މަތިން ހުމާމް ބައްދަލު ކުރިއެވެ. އަދި މިފައިސާ ހަމަޖައްސަނީ މިމީހުން ކަމަށް (މ.ޖަރީމާގޭ ޖަނާ އާއި އަބްދުﷲ ޖާވިދު އަށް ނިސްބަތްކޮށް) އަޒްލިފް ރައޫފް އާއި ސްޕައި ހުމާމް ގާތު ބުންޏެވެ. އަދި މިކަމަށް ލިބޭނީ 4 މިލިއަން ރުފިޔާ ކަމަށާއި އަދި ހުމާމް އަށް 1 މިލިއަން ރުފިޔާ ކަމަށާއި މިއެއް މިލިއަން ރުފިޔާ ހުމާމް އަތަށް ލިބޭނީ އެކަންތައް ނިމުނީމަ ކަމަށާއި، މިކަމުގައި ހުމާމާއި ބާއިވެރިވާނީ ސަޓޯ އާއި **ސިއްރުހެކި#10** ކަމަށް އަޒްލިފް އާއި ސްޕައި ހުމާމް ގާތު ބުންޏެވެ. އަދި އަބްދުﷲ ޖާވިދު (ޖާ) އެތަނުގައި އިނދެފައި 'މިކަންތައް ރޭވިފައި އިންގޮތް އިނގޭ ނޫންހޭ، އަޒްލިފް ރައޫފް މެން ފަރާތުން ޚަބަރު އައިސްފަ ނޫންހޭ އޮތީ ދޯ، އެހެންވެ މިކަން ކުރިއަށްދާ ގޮތް، ކިހާވަރެއްކަން ލިބެނީ، ހުވާކޮށްފައެ މިބުނަނީ 4 މިލިއަން ރުފިޔާ ދޭނަމޭ ކަލޭ މިކަންތައް ކޮށްފިއްޔާ' އަޅުގަނޑު ގާތު ބުންޏެވެ. އަދި މިކަމަކީ ރައްޔިތުންގެ މަޖިލިސްގެ މެމްބަރު ރީކޯ މޫސާ މަނިކު ރޭވި ކަމެކޭ، ރުފިޔާގަނޑު ލިބެނީ ރީކޯ މޫސަގެ ފަރާތުން ކަމަށް ޖާ ބުންޏެވެ. އަދި ޖާ ދެއްކި ވާހަކަ އަޒްލިފް އާއި ސްޕައި އާއި ޖަނާ އަޑުއަހަމުން ގެންދިޔައެވެ. އަދި 'އާނ ލިބޭނެޔޭ ހަމަ ޔަގީނޭ، ކަލޭ ކޮށްފިއްޔާ ކަލެއަށް މީތި ލިބޭނޭ' ޖަނާވެސް ބުންޏެވެ."

އަފްރާޝީމްގެ މަރުގެ މައްސަލައިގެ ރިޕޯޓު

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
20%
ރަނގަޅު
20%
އޯކޭ
60%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ