އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ތަރައްޤީގެ މަޝްރޫޢުތަކާ ރައްޔިތުންނަށް ދޭ ޢިނާޔަތް ބަރަވެލި ސްޕީޑުން މެކުހަށް ޖެހީ ބަޖެޓު ބޮޑުކުރެވުމުން: ޤާސިމް

ތަރައްޤީގެ މަޝްރޫޢުތަކާ ރައްޔިތުންނަށް ދޭ ޢިނާޔަތް ބަރަވެލި ސްޕީޑުން މެކުހަށް ޖެހީ ބަޖެޓު ބޮޑުކުރެވުމުން: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންނަށް ދޭ ޢިނާޔަތް ބަރަވެލި ސްޕީޑުން މެކުހަށް ޖަހާފައި މިވަނީ ދައުލަތުގެ ބަޖެޓު ބޮޑުކުރެވުމުން ކަމަށް  ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މިއަދުގެ ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަށް ތާއީދު ކުރައްވާ ކަމަށާއި ބަޖެޓުގެ ސަބަބުން ރާއްޖޭގެ އިޤްޠިޞާދު ކަފުން ކުރެވިގެންދާނެ ކަމަށް ބުނުމަކީ ކަމުގެ ޙަޤީޤަތް އޮޅުވައިލުން ކަމަށެވެ. "ބަޖެޓާއި ބެހޭ ގޮތުން ވަރަށް ގިނަ ތަފާތު ވާހަކަތައް އެކި ފަރާތްތަކުން ދައްކަމުން އެބަ ގެންދޭ. ރައީސް ޔާމީނަކީ ވަޒީރަކަށް ހުންނަވައިގެން މަޖިލިސް މެންބަރުކަން ކުރައްވަމުން ގެންދެވި އިރުވެސް އެއްވެސް ބަޖެޓަކަށް ވޯޓު ދެއްވި ބޭފުޅެއް ނޫން. އިއްޔެ ވަޒީރުކަން ކުރެއްވި ބޭފުޅުން މަޖިލީހުގައި ތިއްބަވައިގެން މިއަދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް އަޅުގަނޑު ދެކޮޅު ހަދަން. އަޅުގަނޑު ވަރަށް ކަންބޮޑުވޭ. 

ޤާސިމް އިބްރާހީމް ވިދާޅުވީ 2005 އަކުން ފެށިގެން ޚާއްޞަކޮށް 2008 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓު ބޮޑުވަމުން އައުމުގެ ފައިދާ ރައްޔިތުންނަށް އަންނަނީ ކުރަމުން ކަމަށެވެ. ރައްޔިތުންނަށް ބޭނުންވެފައިވާ ތަފާތު މަޗްރޫޢުތައް ހިންގުމުގެ އިތުރުން ބޭސްފަރުވާ އާއި ކުރިން ލިބިފައި ނުވާ އެތައް ބައިވަރު ޢިނާޔަތްތައް އަންނަނީ ރައްޔިތުންނަށް ލިބެމުން ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ބަރަވެލީގެ ސްޕީޑްގައި ކުރެވެމުން އައި ކަންކަން މިހާރު ކުރިއަސް ދަނީ ވަރަށް ބާރު ސްޕީޑްގައި ކަމަށެވެ. "ރައީސް މައުމޫނުގެ ވެރިކަމުގައި 27 މިލިއަން ރުފިޔާއިން ފެށުނު ބަޖެޓު 2005 ވަނަ އަހަރުން ފެށިގެން މިއަންނަނީ 5 ބިލިއަނުން ފެށިގެން މަތިވަމުން. 

ޤާސިމް އިބްރާހީމް ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ އުންމީދެއް އޮތް ބަޖެޓެއް ކަމަށެވެ. ފިނޭންސް މިނިސްޓްރީގެ ޚާއްޞަ ބަޖެޓުގެ ގޮތުގައި 7 ބިލިއަން ރުފިޔާ އޮތުމަކީވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި ސަބަބަކީ އެ ފައިސާ ޚަރަދުކުރެވޭނީ މަޖިލީހުގެ ރުހުން ލިބިގެން ކަމަށްވާތީ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވަނީ ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރު ބަޖެޓްގެ ކަންކަން ނިމިގެން ދިއައީ އެއްވެސް ދަރަންޏެއް ނެތިތޯ ވެސް ސުވާލު ކުރައްވައިފައެވެ. "އައިޖީއެމްއެޗްގައި 25 ބުރީގެ އިމާރާތެއް، އެވަރުގެ އެތައް އިމާރާތެއް އެލޭނެ އަގަށް 143 މިލިއަން ޑޮލަރަށް އެޅުމަކީ ދަމައިލެވުނު ހުދު ފޮތިގަނޑެއްތޯ؟ ފާޑުކިޔައި ކަންބޯދުވުން ފައުލުކުރަން ޖެހޭ ގޮތަށް ކަންކަން ކުރީމާ އެކަމުގެ ވާހަކަ މީހުން ދައްކާނެ. ބްރިޖް ނަމަވެސް، އެއާޕޯޓް ތަރައްޤީކުރުން ނަމަވެސް ދެގުނަ ޚަރަދު ބޮޑުކޮށް ކަމެއް ކުރީމާ އެއީ ކަމެއް ކުރެވުނީތޯ؟" 

ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫ އަރާނެ ފަދަ ގޮތަކަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ. "ވީމާ ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަ ދައްކާ ގޮތަށް ހިޔަންޏަށް މުޑި ނަގައިގެން ރައްޔިތުންގެ މަޖިލީހުގަ ރައްޔިތުންގެ ޙައްޤުގައި ކަމަށް ބުނެ ވާހަކަ ދެއްކުމަކީ އެހައި ރީތި ކަމެއް ނޫން. އަޅުގަނޑުމެން ދައްކަން ޖެހޭނީ ބިނާ ކުރަނިވި އުފެއްދުންތެރިކަން ހުރި ވާހަކަ. ހަަމ ޖެހޭ ދެކޮޅު ޖެހޭ ވާހަކަ. ތިމާމެން ކަންކަން ކޮށްފައި ހުރި ގޮތަށް ބަލައި ފަހުން ވެސް މީހަކަށް އެއްޗެއް ނުބުނެވޭނެ ގޮތަށް ވާހަކަ ދެއްކުން މާރަނގަޅުވާނެ ކަމަށް ޤަބޫލުކުރެވެނީ." 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް