އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

4 ކަމެއް ކޮށްގެން އަންހެނުންނަށް ސުވަރުގޭގެ ބޭނުން ދޮރުކޮޅަކުން ވަދެވިދާނެއެވެ!

4 ކަމެއް ކޮށްގެން އަންހެނުންނަށް ސުވަރުގޭގެ ބޭނުން ދޮރުކޮޅަކުން ވަދެވިދާނެއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 33 ސިކުންތު

4 ކަމެއް ކޮށްގެން އަންހެނުންނަށް ސުވަރުގޭގެ ބޭނުން ދޮރުކޮޅަކުން ވަދެވިދާނެއެވެ! 

އެއީ ފަރުޟު 5 ނަމާދު ކުރުންމަތީގައި ދެމިހުރުމާއި، ރަމަޟާން މަހު ރޯދަ ހިފުމާއި ލަދުވެތި ގުނަވަނަށް ރައްކައުތެރިވުމާއި އަދި ފިރިމީހާއަށް (ﷲ ތައާލާ ނަހީ ކުރެއްވެވި ކަންކަމުގައި މެނުވީ) ކިޔަމަންވުމެވެ.

މިއިން އެއްވެސް ކަމަކީ އެއްވެސް ބުރަކަމެއް ނޫނެވެ. މި 4 ކަންތަކަށް ބަލާއިރު ފަރުޟު 5 ނަމާދު ކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެ ކަމެކެވެ. ރަމަޟާން މަހު ރޯދަ ހިފުމަކީވެސް ކުރަން ޖެހޭނެ ކަމެކެވެ. އަދި ލަދުވެތި ގުނަވަން ރައްކައުތެރިކުރުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭނެ ކަމަށެވެ. 

ހަމަ އެއާއިއެކު ﷲ ތަޢާލާ ނަހީކުރެއްވެވި ކަމެއް ނުވަތަ ﷲ ތަޢާލާއަށް އުރެދުމެއްވާ ކަމެއްގައި މެނުވީ ފިރިމީހާއަށް ކިޔަމަންތެރިވުމަކީ ހެޔޮލަފާ އަނބިން ކުރަމުންދާ ކަމެކެވެ. ކޮންމެ އިންސާނަކީވެސް ހަމަހަމަ މީހެކެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް އިސް މީހަކު ހުރެއެވެ. އެގޮތުން ޢާއިލާގެ އެންމެ އިސް މީހަކީ ފިރިމީހާއެވެ. އެއީ އެކަން ﷲ ތަޢާލާ ލައްވަވާފައިވާ ގޮތެވެ. އެކަން އެއްވެސް މީހަކަށް ބދަލެއް ނުކުރެވޭނެއެވެ. 

އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިވުމަކީ އަނބިމީހާގެ ދަރަޖަ އުފުލިގެންދާ ކަމެކެވެ. އެހެނީ އޭނާ ޙަޤީޤަތުގައި އެ ކިޔަމަންތެރިވަނީ ﷲ ތަޢާލާއަށެވެ. އޭނާ އެ ޢަމަލުކުރަނީ ﷲ ތައާލާ ގެ ނިންމެވުމަށެވެ. އެހެންކަމުން ފިރިމީހާއަށް ކިޔަމަންތެރިވުމަކީ އެއްވެސް ޙާލެއްގައި ފިރިމީހާއަށްޓަކައި ވެސް ކުރާ ކަމަކަށް ނުވެއެވެ. އެކަން ކުރަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަން ކަމުގައިވާތީއެވެ. 

"ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމް ވެގެންތިބޭ ބއެކެވެ. (އެއީ) އެއުރެންގެ އެއްބައެއްގެ މައްޗަށް އަނެއްބައަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް ﷲ އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ. އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިއަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަޞޭޙަތް ދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިއަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، ﷲއީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައިވެއެވެ." (ނިސާ: 34) 

ވީމާ ފިރިމީހާ އަށް ކިޔަމަންތެރިވުމަކީ އަނބިމީހާ ނިކަމެތިވުން ކަމަސް ބުނެ އެކަން އެގޮތަށް މާނަކުރަނީ ﷲ ތަޢާލާ އެކަން ބަޔާން ކުރައްވަވާފައިވާ ގޮތް ނުއެނގޭ މީހުންނެވެ. ނުވަތަ ﷲ ތަޢާލާގެ ނިންމެވުން ޤަބޫލުނުކުރާ މީހުންނެވެ. އަޅަމެންނަކީ ﷲ ތަޢާލާގެ އެންމެހައި އެންގެވުންތައް ޤަބޫލުކުރާ ބައަކު ކަމުގައި ލައްވަވާށިއެވެ! އާމީން.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

އާރޓިކަލް ރޭޓްކުރައްވާ


25%
ވ.ރަނގަޅު
11%
ރަނގަޅު
20%
އޯކޭ
42%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް