އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ކަމެއްވާއިރަށް ވަރި އާ އަޅުވައި ބަސް ބުނުމަކީ ވަރަށް ނިކަމެތި ފިރިހެނުން ކުރާ ކަމެއް!: ޝައިޚް ނިމާލް

ކަމެއްވާއިރަށް ވަރި އާ އަޅުވައި ބަސް ބުނުމަކީ ވަރަށް ނިކަމެތި ފިރިހެނުން ކުރާ ކަމެއް!: ޝައިޚް ނިމާލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ކަމެއް ދިމާވާއިރަށް ވަރި އާއި އަޅުވައިގެން ބަސް ބުނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ ވަރަށް ދަށު ދަރަޖައިގެ، ވަރަށް ނިކަމެތި ފިރިހެނުން ކުރާ ކަމެއް ކަމަށް ޝައިޚް ނިމާލް މުޙައްމަދު ވިދާޅުވެއްޖެއެވެ. 

ޝައިޚް ނިމާލް ވިދާޅުވީ ބައެއް ފަހަރު އަނބިމީހާ ސޯޝަލް މީޑިއާ ބޭނުން ކުރުން ފަދަ ވަރަށް އާދައިގެ ކަންކަމާއި އަޅުވައިގެންވެސް ވަރީގެ ބަސް އެބަ ބުނާ ކަމަށާއި ބުނެވޭ ބަހަކުން ވަރިވެދާނެ ކަމަށެވެ. އެހެންކަމުން އެއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެއް ކަމަށެވެ.

ޝައިޚް ނިމާލް ވިދާޅުވީ މިފަދަ ބަހެއް ބުނެވުނު ނަމަވެސް ވަރިވިކަން އަމިއްލައަށް ނިންމައިގެން ނުވާނެ ކަމަށާއި އެކަން ނިންމަން ޖެހޭނީ ކޯޓަށް ހުށަހަޅައި ކޯޓުން ނިންމާ ގޮތެއްގެމަތީން ކަމަށެވެ. ހަމައެއާއިއެކު ޝައްކު އުފެދޭ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ކޯޓަށް ހުށަހަޅައި ޝައްކު ފިލުވުމަށް އަވަސްވެގަންނަން ޖެހޭނެ ކަމަށެވެ. 

"ކަމެއް ދިމާވާއިރަށް އެމީހެއްގެ ދުލުގަ އޮންނަ ބަހަކީ އަނބިމީހާ ވަރިކުރުން، ޢާއިލާ ރޫޅުން ކަމަށް ހަދައިގެން ނުވާނެ. ﷲ ތަޢާލާ އެމީހެއްގެ ކިބައިގައި ފިރިހެންކަން ލައްވަވާފައިވާ މީހަކު ހަމަ ކަމެއް ދިމާވާއިރަށް އަނބިމީހާ އެވެނި މިވެނި ކަމެއް ކޮށްފިނަމަ ވަރިވާނެ ކަމަށް ބުނެގެން ނުވާނެ. ޙަޤީޤީ ފިރިހެނުން އެބާވަތުގެ ވާހަކައެއް ނުދައްކާނެ." ކަމަށްވެސް ޝައިޚް ނިމާލް ވިދާޅުވިއެވެ.   

މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް ނިމާލް މުޙައްމަދު ދެއްވި ދަރުސުން

 

އާރޓިކަލް ރޭޓްކުރައްވާ


16%
ވ.ރަނގަޅު
16%
ރަނގަޅު
33%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް