އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އަޅުގަނޑަކީ މީހަކު ކިޔާ އެއްޗަކަށް ހިތުގަ ޖެހިގެން ގެއަށް ވަންނަ ވައްތަރު ފިނޑިއެއް ނޫން: ޤާސިމް އިބްރާހީމް

އަޅުގަނޑަކީ މީހަކު ކިޔާ އެއްޗަކަށް ހިތުގަ ޖެހިގެން ގެއަށް ވަންނަ ވައްތަރު ފިނޑިއެއް ނޫން: ޤާސިމް އިބްރާހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު

އެމަނިކުފާނަކީ އެމަނިކުފާނާއި ދިމާއަށް މީހަކު ނުވަތަ ބައަކު ކިޔާ އެއްޗަކަށް "ހިތުގައި ޖެހިގެން ގެއަށް ވަންނަ ޒާތުގެ ފިނޑިއެއް ނޫން" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓީ އާއި އިތުރު މެންބަރުން ގުޅުމަށް މިރޭ އެޕާޓީގެ މައިމަރުކަޒު މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ މީހަކަށް ދެރަކޮށް ކަމެއް ކުރެއްވިގެން މީހަކު އެއްޗެތި ކިޔައިފިނަމަ އެކަމާ ދެރަވެ ހިތާމަކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ވައްކަމެއްކޮށްގެން، ސަރުކާރުގެ އެއްޗެތިތަކެއް ލޫޓުވާލައިގެން ނުވަތަ އެހެން މީހެއްގެ އެއްޗެއް ދަމައި ގަނެގެން އުޅޭކަމަށް ބުނެފި ނަމަ ދެރަވެދާނެ. ނަމަވެސް އަޅުގަނޑު ދިވެހި ރައްޔިތުންނާއިމެދު ކަންކަން ކުރިގޮތް، ރައްޔިތުންނަށް ކުރި ޚިދުމަތް ސިޔާސީ މަޝްރަހަށް އެކަނި ބަލައިލި ނަމަވެސް އެނގިގެންދާނެ. އަޅުގަނޑު ޒާތީ ދުޝްމިންކަމެއް އެއްވެސް މީހަކާމެދު ނުބާއްވާ ކަމާ، އެންމެންނާއިވެސް ޑީލްކުރަނީ ހިތްހެޔޮކަމާއިއެކުގައިކަން އެނގޭނެ. އަޅުގަނޑު ކުރަނީ އެވަގުތަކުކުރަން ޖެހުނު ކަމެއްކަން އެނގިގެންދާނެ." 

"2008ގެ އިންތިޚާބުގަ ރައީސް ނަޝީދަށް ލިބިވަޑައިގަތީ 26 އިންސައްތަ. އަޅުގަނޑާ ޖުމްހޫރީ ކޯލިޝަނުގެ މަސައްކަތުން 54 އިންސައްތަ ލިބިގެން ނިމިގެންދިއައީ. 2013ގަ ރައީސް ޔާމީނަސް ލިބިވަޑައިގަތީވެސް އެހައިކަންހާވަރުގެ އަދަދެއް. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެއްވުނީ ހަމަ އަޅުގަނޑުގެ މަސައްކަތުން. 2018 ގެ އިންތިޚާބު އައިއިރު އަޅުގަނޑަށް ހުންނަން ޖެހުނީ ބޭސްފަރުވާއަކަށް ޖަރުމަނުގަ. ޖަރުމަނުގެ ހުރެގެން އަޅުގަނޑުވެސް ކުރި މަސައްކަތުން މިސަރުކާރު ވެރިކަމަށް އާދެވުނީ. އަދި މަޖިލީހުގެ 12 މެންބަރުން މަސައްކަތް ނުކުރި ނަމަވެސް މިސަރުކާރެއް ނާންނާނެ. އެ 17 ވަރަކަށް މެންބަރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން." 

"މިހާރު އަނެއްކާވެސް މިދައްކަނީ 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމުން އެމްޑީޕީގެ ބައެއް މެންބަރުން ދެއްކި ޒާތުގެ ވާހަކަ. މިއަދުވެސް މެންބަރަކު ވިދާޅުވީ ޤާސިމް އޭ ތިއައީ އަހަރެމެން ވަރަށް ލޯބިވެސްވާ މީހެކޭ. ތީގެ ތެރެއިން (ސިޔާސީ ކަންކަމުން) ދުރަށް ޖެހިލަންވީ ނޫންހޭ. އަޅުގަނޑު މީގެ ތެރޭގަ ހުރީމަ ކީއްތޯވަނީ؟ އަޅުގަނޑާ ދިމާއަށް ކިޔާ އެއްޗެތި ބަރުދާސްތުކުރާނީ އަޅުގަނޑު ނޫންތޯ؟ އެހެން މީހަކަށް ކޮންކަމެއްތޯ އެކަމާ؟" 

ޤާސިމް އިބްރާހީމް މިރޭވެސް ވިދާޅުވީ ބައަކު ކިތަންމެ ވަރަކަށް ކަންބޮޑުވި ނަމަވެސް 2023 ގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށާއި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ މެންބަރުން ކަމަށެވެ. އަދި މީގެކުރީގެ އިންތިޚާބުތަކުގައި ޖުމްހޫރީ ޕާޓީން ތާއީދުކުރި ކެންޑިޑޭޓް އިންތިޚާބު ކޮށްދިން ފަދައިން ދެން ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ކާމިޔާބުކޮށް ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
50%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް