އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އަމާޒަކީ، ފެނާ ނަރުދަމާ ނިޒާމު މަޝްރޫޢުތައް، ނުފެށި ހުރި ހުރިހާ ރަށެއްގަ 2021 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތް ފެށުން: ރައީސް

އަމާޒަކީ، ފެނާ ނަރުދަމާ ނިޒާމު މަޝްރޫޢުތައް، ނުފެށި ހުރި ހުރިހާ ރަށެއްގަ 2021 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތް ފެށުން: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

"އަޅުގަނޑުގެ އަމާޒަކީ، ފެނާއި ނަރުދަމާ ނިޒާމު މަޝްރޫޢުތައް، މިހާތަނަށް ނުފެށި ހުރި ހުރިހާ ރަށެއްގައި، 2021 ވަނަ އަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ފެށުން" ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ  33 ރަށެއްގެ، ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ކޮންޓްރެކްޓްގައި ސޮއިކޮށް، ޢަމަލީ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައި ކަމަށެވެ. 

ރައީސް ޞާލިޙް ވިދާޅުވީ ރައްޔިތުންނަށް އެންމެ އަވަސް ހައްލެއް ބޭނުންވާ، އަދި އެންމެ ބޮޑު އިޖުތިމާޢީ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ފެށުމަށް ވާނީ ބަޖެޓް ކުރެވިފައި ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހުޅުމާލޭގައި އިތުރު ފްލެޓް އެޅުމުގެ މަސައްކަތް، އަންނަ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
100%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް