އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

11 މިސްކިތެއް އޭސީ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން: ރައީސް ޞާލިޙް

11 މިސްކިތެއް އޭސީ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

ރަށްރަށުގައި އިތުރު މިސްކިތްތައް ޢިމާރާތްކުރުމާއި، މިހާރު ހުރި މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދާ ކަމަށާއި އެގޮތުން، އިޢާދަކުރަނިވި ހަކަތައިން، 11 މިސްކިތެއް އޭސީ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މީގެ އިތުރުން 8 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް މިހާރު ވެސް އެބަ ކުރިއަށްދާ ކަމަށެވެ. 

ޞިއްހީ ދާއިރާ: 

"ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށްޓަކައި އައި.ޖީ.އެމް.އެޗުން ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް މިހާރުވެސް ހުއްޓުމެއްނެތި ކުރިއަށް އެބަދޭ. އަދި ސަރަހައްދީ ހޮސްޕިޓަލްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް، 5 ސަރަހައްދެއްގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ވާނީ ފަށާފައި. މިކަމުގެ ހެޔޮ ނަތީޖާ، އަންނަ އަހަރުގެ މެދުތެރޭގައި ފެންނަން ފަށާނެ." 

ތައުލީމީ ދާއިރާ: 

ތަޢުލީމީ ދާއިރާއަށް މިދިޔަ އަހަރުގެ ތެރޭގައި ގެނެވުނު އެންމެ ބޮޑު ހެޔޮ ބަދަލަކީ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފެށުން. އަދި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމްގައި މިހާތަނަށް 4736 ދަރިވަރުން ބައިވެރިވެފައިވޭ. އަދި 567 ދަރިވަރުންނަށް ވަނީ ސްޓޫޑެންޓް ލޯނު ދޫކުރެވިފައި. 

58 ރަށަށް ޖެނެރޭޓަރު ސެޓު: 

ރަށްރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށް އެބަދޭ. ޖުމްލަ 34 ރަށެއްގެ ބަނދަރު މަޝްރޫޢު ކޮންޓްރެކްޓަރާ ހަވާލުކުރެވި، އޭގެ ތެރެއިން 14 ރަށެއްގައި ޢަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައި. 7 ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. މެދުނުކެނޑި ކަރަންޓްގެ ޚިދުމަތް ދިނުމަށްޓަކައި، 58 ރަށަކަށް ޖެނެރޭޓަރު ސެޓް މިހާރު ވަނީ ފޯރުކޮށްދެވިފައި. 

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް