އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޑރ. އަފްރާޝީމް އާ ރައުދާގެ މަރުގެ މައްސަލައިގެ ރިޕޯޓް މިހަފްތާގަ ޢާންމުކުރާނަން: ރައީސް ޞާލިޙް

ޑރ. އަފްރާޝީމް އާ ރައުދާގެ މަރުގެ މައްސަލައިގެ ރިޕޯޓް މިހަފްތާގަ ޢާންމުކުރާނަން: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

މަރުގެ މައްސަލަތައް ތަހުޤީޤުކުރާ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރެއިން ޑޮކްޓަރ އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ރިޕޯޓާއި، ރައުދާ ޢާޠިފްގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓް، މިދިއަ ބުރާސްފަތި ދުވަހު ލިބިވަޑައިގެންފައިވާ ކަމށާއި އެ ދެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، އިރާދަކުރެއްވިއްޔާ މި ހަފްތާގެ ތެރޭގައި، ކަމާގުޅޭ އިދާރާތަކަށް ފޮނުއްވާނެ ކަމަށާއި އަދި އެ ދެ ރިޕޯޓްގެ މަޢުލޫމާތު ހާމަވެސް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ބަލަމުން އެ އަންނަނީ، އެމް.އެމް.ޕީ.އާރް.ސީ.ގެ ޚިޔާނާތުގެ މައްސަލަތައް ކަމަށާއި މިހާރުވެސް 49 ރަށަކާއި ފަޅެއްގެ މައްސަލަ، އެ ކޮމިޝަނުން އަންނަނީ ބަލަމުން ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން: 

އެ މައްސަލަވެސް މުޅިން ބަލައި ނިމި، އަޅުގަނޑާ ހަމައަށް ރިޕޯޓް އައުމުން، އެހެން ރިޕޯޓްތަކާ މެދުގައިވެސް ޢަމަލުކުރާ އުޞޫލުން، ޢަމަލުކުރާނެ ކަމަށް ދަންނަވަން. އަޅުގަނޑު އުންމީދުކުރަނީ، މި އަހަރު ނިމުމުގެ ކުރިން، އެ ދެ ކޮމިޝަންގެ މަސައްކަތްވެސް މުޅިން ނިމޭނެ ކަމަށް. 

ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ވެރިންނަކީ، ރައްޔިތުންގެ ވަރަށް މަތިވެރި އަމާނާތްތަކަކާ ހަވާލުވެގެން ތިބޭ ބައެއް. އެ އަމާނާތްތަކަށް ވަފާތެރިވެ، އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރުމަކީ، ދައުލަތުގެ މަޤާމަކާ ހަވާލުވެ ހުންނަ ކޮންމެ މީހެއްގެ ވާޖިބެއް. އަޅުގަނޑުމެން ކުރިއަށްދާނީ ރައްޔިތުންގެ އަޑުއަހަމުން. އަޅުގަނޑުމެން ކަންކަން ކުރާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް.

އަޅުގަނޑުމެން ކަންކަން ހާސިލުކުރާނީ ރައްޔިތުންގެ އިޙްސާސްތަކާއި ޝުޢޫރުތަކަށް ރިޢާޔަތްކޮށްގެން. ތަރައްޤީގެ މަގުގައި އަޅުގަނޑުމެން ކުރިއަށްދާނީ، ސަރުކާރާއި ރައްޔިތުންގެ ފައިހަމަވާގޮތަށް. 

އެކަމުގައި اللهُ سُبْحَانَهُ وَتَعَالَىގެ ފުރިހަމަ މަދަދާއި ތައުފީޤް ދެއްވުން އެދި އެކަލާނގެ ހަޟްރަތުގައި ދުޢާ ދަންނަވަން. އަޅުގަނޑުމެންގެ ހިތްތައް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުކޮށްދެއްވައި، ދިވެހިންގެ މެދުގައި ޞުލްޙަވެރިކަމާއި އަމާންކަން ޤާއިމުކުރައްވައި، ރާއްޖޭގެ ޖުމްހޫރީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ތަރައްޤީގެ މަގުގައި ހަލުވި
ފިޔަވަޅުތަކެއް އެޅުމުގެ މަތިވެރި ނަޞީބު، މާތް ﷲ އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވާށި. އާމީން! 

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

 

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް