އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިން އިނީ ޓްރޭން ސްޓޭޝަނެއްގަ، މިހާރު އިނީ "ހިތް އަރާ އާސްމާނުގަ"؟ ރާނޫއަށް ފެންވަރު އޮޅިއްޖެ!

ކުރިން އިނީ ޓްރޭން ސްޓޭޝަނެއްގަ، މިހާރު އިނީ "ހިތް އަރާ އާސްމާނުގަ"؟ ރާނޫއަށް ފެންވަރު އޮޅިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 34 ސިކުންތު

އިންޑިއާގެ ރެއިލްވޭ ސްޓޭޝަނެއްގައި ކުރިން ސަލާންޖަހަން އުޅުނު ރާނޫ މޮންޑާލްގެ ވާހަކައަކީ ބޮލީވުޑްގައި މިއަހަރު އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަކައަށް ވެގެންދާނެއެވެ.

ރަނާގަތު ރެއިލްވޭ ސްޓޭޝަންގައި، ލަތާ މަންގޭންޝްްކަރްގެ ލަވައެއް ކަމަށްވާ "އެކް ޕިޔާރްކަ ނަގްމާ ހޭ" ލަވަ ކިޔައިގެން، މައްޝޫރު ލަވަ ކިޔުންތެރިޔާ އަދި މިޔުޒިކް ޑިރެކްޓާ ހިމޭޝް ރޭޝަމިޔާ ގެ ކަންފަތާއި ހަމައަށް ރާނޫގެ އަޑު އިއްވީ ސޯޝަލް މީޑިއާއިންނެވެ. ރާނޫ އެލަވަ ކިޔަނިކޮށް ވީޑިއޯކޮށް އަތިންދްރާ ޗަކްރަބޯތީ ކިޔާ މީހަކު ވަނީ އެވީޑިއޯ ފޭސްބުކްގައި އަޕްލޯޑް ކޮށްފައެވެ.

އެލަވަ އިވުމަށްފަހު ރާނޫގެ އަޑު ހިމޭޝް އަށް ކަމުގޮސް، އޭނާގެ ފިލްމެއްގެ ތިން ލަވައެއް ރާނޫ ލައްވާ ކިޔުއްވުމުން، އެންމެ ދެމަސް ތެރޭގައި ރާނޫއަށް ވަނީ އޭނާ ހީވެސް ނުކުރާފަދަ ކާމިޔާބީއަކާއި މައްޝޫރުކަމެއް ލިބިފައެވެ.

ނަމަވެސް ކޮންމެ ކޮންމެ މީހަކީ މައްޝޫރުކަން ލިބުމުން، އޭގެ ބޭނުން ހެޔޮގޮތުގައި ކުރަން ނޭނގޭނެ މީހެއްކަން ވަރަށް ފަހުން ރާނޫ މިވަނީ ހާމަ ކޮށްދީފައެވެ. އޭނާއަށް ހެދުނު ގޯހެއްގެ ނަތީޖާއެއްގެ ގޮތުން، ރާނޫގެ ކާމިޔާބީގެ އަސްލަކަށްވީ ސޯޝަލް މީޑިއާއިން މިހާރުވަނީ އޭނާއަށް މަލާމާތްކޮށް، މައްޝޫރު މީހުންގެ ލިސްޓުގައި ރާނޫ ބަލައިގަތުމަށް ދެކޮޅު ހަދާފައެވެ.

މިދުވަސްކޮޅު ސޯޝަލް މީޑިއާގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ވީޑިއޯއަކުން ފެންނަނީ، ފިހާރައެއްގެ ތެރޭގައި އެއްޗެއް ގަންނަން ރާނޫ ގޮސް ހުއްޓާ، އޭނާއަށް ސަޕޯޓު ކުރާ އަންހެނަކު އޭނާ ގައިގާ ކޮށްޓާލާ މަންޒަރެވެ. ރާނޫގެ ސަމާލުކަން ހޯދުމަށް އޭނާ ގައިގާ ކޮށްޓާލާފައި އަންހެން މީހާ އެދެނީ އޭނާއާއެކު ސެލްފީއެއް ނެގުމަށެވެ.

ނަމަވެސް ރާނޫ ގައިގާ އަތްލުން ވެގެން ދިޔައީ އެއަންހެން މީހާއަށް ކުރެވުނު ބޮޑު ކުށަކަށެވެ. ކުރިން ރެއިލްވޭ ސްޓޭޝަނެއްގައި ސަލާންޖަހަން މީހުންނަށް އަތް ދިއްކުރި ރާނޫ، އޭނާގެ ގައިގާ މިފަހަރު މީހަކު އަތްލުމުން ބުނީ، "ގައިގާ އަތް ނުލުމަށާއި" އޭނާއަކީ މިހާރު "ސެލެބްރިޓީ" އެއް ކަމަށެވެ.

ރާނޫގެ ގައިގާ އަތްލި އަންހެން މީހާއާއި ދިމާލަށް ވަރަށް ނޭދެވޭ ގޮތަށް ބަސްތައް ބުނަމުން، އޭނާއަކީ މިހާރު ސެލެބްރިޓީއެއް ކަމަށާއި އެހެންކަމުން "އާދައިގެ" މީހުން މިހާރު އޭނާއަށް ގޮވާ ގުޅެން އުޅެގެން ވެސް ނުވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އިންޑިއާގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ރާނޫ ވަނީ އޭނާގެ ސެކިއުރިޓީ މީހުންލައްވާ އެއަންހެން މީހާ އެތަނުން ދުރަށް ވެސް ޖައްސާފައެވެ.

ރާނޫ މޮންޑާލްގެ މިޢަމަލުތަކުގެ ސަބަބުން އިންޑިއާއާއި ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުންގެ ނުރުހުން އޭނާއަށް މިހާރުވަނީ ލިބިފައެވެ. އަދި އޭނާއަށް ޖޯކު ޖަހާފައި އެކިއެކި ޕޯސްޓުތައް ވެސް މީހުން ހަދަމުން އެބަ ގެންދެއެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


16%
ވ.ރަނގަޅު
11%
ރަނގަޅު
35%
އޯކޭ
36%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ