އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ހަތަރު އުދަރެސް ފެނުޖެހޭ ވުގުތުތަކުގަ ﷲ އަށް ވަކީލުކުރާ މީހުންނަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެ: މުފްތީ މެންކް

ހަތަރު އުދަރެސް ފެނުޖެހޭ ވުގުތުތަކުގަ ﷲ އަށް ވަކީލުކުރާ މީހުންނަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

"ދަތި އުނދަގޫ ހާލަތަކީ ކަނު އަނދިރިކަން ފަދަ ކަމެކެވެ. އެހެން އެވަނީ ދެން ކުރިމަތިވާނެ ކަންކަން ނުއެނގޭތީއެވެ. އެ ޙާލަތުގައި މުޅި ދުނިޔެ ބަންދުވެފައިވާ ކަމަށް އިޙްޞާޞް ކުރެވޭނެއެވެ.

 

މިއީ އިންސާނާ ﷲ ތަޢާލާ އާއި ކުއްތަންވުމަށް އެންމެ ގަދައަޅައި މަސައްކަތްކުރަންވީ ވަގުތެވެ. ﷲ ތައާލާއަށް ވަކީލުކޮށް ތިމާއަށް ދެރަވާނެ ގޮތަކަށް ﷲ ތަޢާލާ ކަންކަން ނުނިންމަވާނެ ކަމަށް އިތުބާރުކުރަންވީ ވަގުތެވެ.

 

މި ގޮތަށް އަމަލުކޮށްފިނަމަ އެ ޙާލަތުން އެމީހަކު ﷲ ތަޢާލާ ސަލާމަތްކޮށްދެއްވަވާނެތެވެ. ހިތަށް ހަމަޖެހުން ލިބޭނެ ގޮތަށް ކަންކަން މެދުވެރި ކުރައްވަވާނެތެވެ! އިން ޝާ ﷲ." – މުފްތީ މެންކް

 

މުފްތީ މެންކުގެ މި ބަސްފުޅުން އެނގިގެންދަނީ ދަތި އުނދަގޫ ހާލަތުގައި ﷲ ތަޢާލާ އަށް ވަކީލުކުރާ މީހުންނަށް އެކަލާނގެ ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެ ކަމެވެ. ވީމާ ކުރަން އޮތް ކަމަކީ ކޮންމެ ވަގުތަކު ވެސް ދަތި އުނދަގޫ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ވިސްނައި އެފަދަ ޙާލަތެއް ކޮންމެ ވަގުތަކު މެދުވެރިވި ނަމަވެސް ﷲ ތަޢާލާއަށް ވަކީލު ކުރެވޭނެ ގޮތަށް މީހާގެ އަމަލުތައް އަބަދުވެސް ސީދާކޮށްފައި ބެހެއްޓުމެވެ.

އާރޓިކަލް ރޭޓްކުރައްވާ


30%
ވ.ރަނގަޅު
10%
ރަނގަޅު
23%
އޯކޭ
36%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް