އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޞިއްޙަތަށް އެންމެ ފައިދާކުރާ މާމުއިގެ ފައިދާ ޤުރްއާނުން!

ޞިއްޙަތަށް އެންމެ ފައިދާކުރާ މާމުއިގެ ފައިދާ ޤުރްއާނުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 41 ސިކުންތު

ކުޅަނދުރުތައް މޭވާފަދަތަކެތި ކައި އުޅެއެވެ. މާމަލުން ފޮނި ބޮއި އުޅެއެވެ. އެތަކެތި ކުޅަދުރުގެ ބަނޑުން ނުކުންނަނީ އިންސާނުންނަށް ޝިފާ ލިބޭ ބުއިމެއްގެ ގޮތުގައެވެ. ބަލިތަކަށް ޝިފާ ލިބޭ ބޭހެއްގެ ގޮތުގައެވެ.

 

ރަސޫލް (ޞޢވ) އެންމެ ގިނައިން ފަރިއްކުޅުއްވެވި ތަކެތީގެ ތެރޭގައި މާމުއި، ކަދުރު، ބަރަބޯ އަދި ކިރު ހިމެނެއެވެ.

 

"ދެން ތިއަ ކުޅަނދުރު، ހުރިހާ މޭވާތަކުން ކައިއުޅޭށެވެ! ފަހެ، ތިއަ ކުޅަނދުރުގެ ވެރިރަސްކަލާނގެ، ފަސޭހަކޮށް ދެއްވާފައިވާ މަގުތަކުން ހިނގާށެވެ! އެ ތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި (އެބަހީ: މާމުއިގައި) މީސްތަކުންނަށް ބަލިފަސޭހަވުން ވެއެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބައަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ." (ނަޙްލް: 69)

 

ކީރިތި ޤުރްއާން ބާވައިލެއްވެވީ ކީގެ 1450 ވަރަކަށް އަހަރު ކުރިންނެވެ. ސައިންސްވެރިން ކިޔާ ބައަކު ނުވެސް ނެތް ޒަމާނެއްގައެވެ. ތަޙްލީލްކުރާނެ ލެބޯޓްރީއެއް ހުވަފެނުންވެސް ނުފެންނަ ޒަމާނެއްގަގައެވެ.

 

މާމުއިން ލިބޭ ފައިތަކުގެ ތެރޭގައި ފަސޭހައިން ފާރުހިކުމާއި ފިހޭތަންތަން ދަސޭހަވުންވެސް ހިމެނެއެވެ. އަދި އެންޓިބައޮޓިކެއްގެ ގޮތުގައިވެސް ބޭނުން ކުރެއެވެ. މާމުއިން ޞިއްޙަތަށް ލިބޭ އެތައް ބައިވަރު ފައިދާތަކެއް މިއަދު މިވަނީ ހޯދިފައެވެ. މިއަދުގެ ސައިންސްވެރިން އެއްބަސްވާ ގޮތުގައި ޞިއްހަތަށް އެކައްޗަކުން އެންމެ ގިނަ ފައިދާ ކުރާ އެއްޗަކީ މާމުއެވެ.

 

2017 ވަނަ އަހަރުގެ ހިސާބުތަކަށް ބަލައިފިނަމަ ދުނިޔޭގެ އެކި ޤައުމުތަކުގައި 1.9 މިލިއަން ޓަނުގެ މާމުއި ވަނީ އުފައްދައިފައެވެ. އެންމެ ގިނައިން މާމުއި އުފައްދާ ޤައުމަކީ މި އަދަދުގެ 29 އިންސައްތަ އުފެއްދި ޗައިނާއެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

އާރޓިކަލް ރޭޓްކުރައްވާ


20%
ވ.ރަނގަޅު
23%
ރަނގަޅު
23%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް