އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ތިބާގެ ފާފަތައް ފުއްސެވުން އެދި ކުރެވިދާނެ ކަންތަކަކީ ކޮބާ؟

ތިބާގެ ފާފަތައް ފުއްސެވުން އެދި ކުރެވިދާނެ ކަންތަކަކީ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 28 ސިކުންތު

އެމެރިކާގެ މުސްލިމު ދީނީ ޢިލްމުވެރިއެއް ކަމަށްވާ ނޫމަން އަލީ ޚާން ގެ ދަރުހެއްގައި އޭނާ ވަނީ، އިންސާނަކަށް ފާފައެއް ކުރެވުމުން الله سبحانه وتعالى އެފާފަ ފުއްސަވައިފިކަން އެނގޭނެ ގޮތްތަކަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

"ފާފަ ފުއްސަވައިފިކަން އިނގޭނީ ކިހިނެއް ހެއްޔެވެ؟ މިއީ ވަރަށް ގިނައިން މީހުން ކޮށްފައިވާ ސުވާލެކެވެ. ޚާއްސަކޮށް ރަމަޟާން މަހު، ފާފަ ފުއްސަވައިފިކަން ކޮންމެވެސް ގޮތަކުން އަނގަވާދެއްވުމަށް ގިނަ ބަޔަކު އެދެއެވެ.

އަހަރެން ބުނާނީ މިއީ އިންސާނެއްގެ އީމާންތެރިކަން އެމީހެއްގެ ހިތުގައި ހުރި މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ. ރަސޫލާ (صلّى الله عليه وسلّم) ޙަދީޘްފުޅު ކުރައްވާފައިވަނީ ތިމާ ކުޅަ ކޮންމެ ހެޔޮ ޢަމަލަކުން ތިމާގެ ހިތައް އުފަލާއި ހިތްހަމަ ޖެހުންދީ، ނުބައި ޢަމަލެއް ކުޅައުމުން އެކަމާއި ތިމާ ދެރަވެ ހިތް ނުތަނަވަސް ވާނަމަ، ތިމާއަކީ ޠާޤްވާވެރިއެކެވެ.

އެހެންކަމުން ތިމާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވާފައިވޭތޯ ބެއްލެވުމަށް އުޅުމަކީ ވެސް ޠަޤްވާވެރިއެއް ކަމުގެ ހެއްކެކެވެ.

ކީރިތި ޤުރްޢާނުންނާއި ރަސޫލާ (صلّى الله عليه وسلّم) ގެ ސުންނަތުން ހާމަވެފައިވާ ގޮތުގައި ފާފަފުއްސެވުމަށްޓަކައި ދިރިއުޅުމުގައި ދެ ކަމެއް ކުރަން ޖެހެއެވެ. އެއްކަމަކީ އިސްތިޤްފާރް އެވެ. އަނެއް ކަމަކީ ޠަޥްބާ ވުމެވެ. ބައެއް މީހުން ދެކޭ ގޮތުގައި މިދެކަމަކީ އެއްކަމަކެވެ. ނަމަވެސް އިސްތިޤްފާރް ކުރުމަކީ ކުރެވުނު ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރުމެވެ. ޠަޥްބާ ވުމަކީ އެފާފަ އަލުން ނުކުރާނެކަމަށް ދުޢާ ދެންނެވުމެވެ. މިދެކަންތައް އެއްކޮށް ކުރެވުމަކީ، އެއަޅަކަށް އެކަލާނގެ ފާފަ ފުއްސަވައިފި ކަމުގެ ނިޝާނެކެވެ.

އިސްތިޤްފާރް ކުރާނީ ކިހިނެއް؟ އެއީ ހަމައެކަނި އަނގައިން ބުނެލާ ބަހެއްތަ؟ ނޫން. އިސްތިޤްފާރް ކުރަންވާނީ ހިތުގެ އެންމެ ފުންމިނުން، الله سبحانه وتعالى ފާފަ ފުއްސެވުމަށް ވަރަށް ބޮޑަށް އެދޭކަން ހާމަ ކުރަމުންނެވެ.

އިންސާނަކަށް ފާފައެއް ކުރެވުމުން، އެކަމަކަށް އިސްތިޤްފާރުކޮށް، ޠަޥްބާ ވުމަށްފަހު، ޠަޥްބާ ވެއްޖެކަމާއި އެފާފައިން އަރައިގެންފިކަން އޭނާއަށް އިޙުސާސް ވާން ޖެހޭނެއެވެ. އެފަދައިން އޭނާއަށް އިޙުސާސްވާނީ އެއިންސާނާވެވޭ ޠަޥްބާ އަކީ އެކަލާނގެ އޭނާއަށް ފާފަފުއްސެވުމަށް ހިތުގެ އެންމެ ފުންމިނުން އިޚުލާސްތެރިކަމާއިއެކު އެދޭނަމައެވެ.

ފާފަ ފުއްސެވުމަށް އެދި އިސްތިޤްފާރު ކުރާއިރު އެއީ ހަމަ އެކަނި އާދައިގެ މަތިން އެކަކު އަނެކަކު ގާތުން މާފަށް އެދޭ އެދުން ގޮތަށް، ކުރެވޭ ކަމަކަށް ވެގެން ނުވާނެއެވެ. ތިމާއަށް އެފާފަ ކުރެވުނީތީ އެކަމާއި ލަދުގަނެ، މާތް ﷲ ގެ އަޒާބަކަށް ބިރުގަނެ އެކަލާނގެ ޙަޟްރަތަށް ކުއްތަންވެ، އެފަަދަ ޢަމަލެއް ދެން ނުކުރުމަށް ތިމާގެ ހިތުގެ އަޑިން ކަނޑައަޅަން ވާނެއެވެ. މިފަދައިން ކަންތައް ކުރެވިއްޖެނަމަ، އެކަލާނގެ އެއިންސާނެއްގެ ފާފަ ފުއްސަވައިފިކަން އެނގުނީއެވެ.

އާދައިގެ އިންސާނެއް ގާތު މާފަށް އެދުމާއި އެކަލާނގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރުން ތަފާތެވެ. އާދައިގެ އިންސާނެއް ގާތު މާފަށް އެދުމުން، އެކަމަށް މާފު ކޮށްދިން ކަމުގައި ވިޔަސް އެދެމީހުންގެ ދެމެދުގައި ކަންތައްތައް ކުރިން އޮތް ގޮތަކަށް ރުޖޫޢައެއް ނުވެވޭނެއެވެ. ނަމަވެސް الله سبحانه وتعالى ފާފަ ފުއްސަވައިފި އަޅަކާއި އެކަލާނގެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެއެވެ."

އާރޓިކަލް ރޭޓްކުރައްވާ


23%
ވ.ރަނގަޅު
29%
ރަނގަޅު
23%
އޯކޭ
23%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ