އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ހެޔޮ ނަޞޭޙަތްދޭ މީހުންނާއި ދިމާކޮށް ފަހަތުން ދުވުމަކީ ޝައިޠާނާގެ ބައިވެރިންގެ ޢަމަލެކެވެ!

ހެޔޮ ނަޞޭޙަތްދޭ މީހުންނާއި ދިމާކޮށް ފަހަތުން ދުވުމަކީ ޝައިޠާނާގެ ބައިވެރިންގެ ޢަމަލެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

"ކިތަންމެ ނުބައި ނުލަފާ މީހަކު ނަމަވެސް ރަނގަޅު ވާހަކައެއް ބުނެފިނަމަ ޤަބޫލުކުރަންވާނެއެވެ. ނިދާގަދީގައި ކުރުސި ކިޔަވަން ބުނީ އިބިލީހެވެ. އެހެން ނަމަވެސް އޭނާވެސް ރަނގަޅު ބަހެއް ބުނިކަމަށްޓަކައި އެކަން ބަލައިގަނެވުނެވެ. ވީމާ ރުޅި އައި ނަމަވެސް ހަމައިގައި ހުރުން ރަނގަޅުވާނެއެވެ!" –ޑރ. މުޙައްމަދު އިޔާޞް ޢަބްދުއްލަޠީފް

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވި ސަބަބު ބަޔާން ކުރައްވާފައެއް ނުވެއެވެ. ނަމަވެސް މިދުވަސްވަރަކީ ސިޔާސީ އަދި ދުނިޔަވީ ސަބަބުތަކަށްޓަކައި ދީނީ ޢިލްމުވެރިންނާއި ބައެއް މީހުން ދިމާކޮށްލައި ޒާތީ ހަސަދަވެރިކަން ފިލުވަމުންދާ ދުވަސްތަކެއްކަން ފާހަގަކުރެވެއެވެ. ދީނުގެ ކަމެއް ދީނުގައި އޮންނަ ގޮތަށް ހާމަކުރެއްވި ނަމަވެސް ކޮންމެވެސް ހަޖުލެއް ޖަހާނުލައި ނުތިބެވޭ ބައަކު އެބައުޅެއެވެ.

އިސްލާމް ދީނަށް ގޮންޖަހައި ﷲ ތައާލާއަށް ބަދުބަސް ބުނެ ކީރިތި ޤުރްއާން ދޮގޮގުކޮށް ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރުމުން އެކަމާއި ދެކޮޅަށް ދީނުގެ ޢިލްމުވެރިން ބަސްފުޅު ވިދާޅުވަމުން ރާއްޖޭގައި ތައުލީމީ މުއައްސަސާތައް ހިންގާ އިސް މީހަކު ދާދިފަހުން ވަނީ އެކަމާއި ރާއްޖޭގެ ހުރިހާ ކުށްވެރިންނަށް އަދަބު ދިނުމާއިވެސް އެއްވަރުކޮށްފައެވެ.

އެގޮތަށް ހަޖޫޖެހި މީހާއަށް ނުއެނގުނު ވަރަކީ ވައްކަން ނުވަތަ އެނޫންވެސް ކުށެއް ކުރުމުން އަދަބު ދީ ޖަލަށްލާން ޖެހެނީ ވަކިމީހެއް ނޫންކަމެވެ. އޮޑިޓް ރިޕޯޓަތަކާއި ގުޅިގެން ވެސް ފިޔަވަޅު އަޅަންޖެހޭނީ ވަކި މީހަކަށް ނޫން ކަމެވެ. 2007 ވަނަ އަހަރުން ފެށިގެން ނެރެފައިވާ ހުރިހާ އޮޑިޓް ރިޕޯޓްތަކެއްގެ މައްސަލަ ބަލައި ޖަލަށްލާން ޖެހޭ އެންމެން ޖަލަށް ލާން ޖެހޭނެ ކަމެވެ.

ދީނީ ޢިލްމުވެރިން ގެންދަވަނީ ރާއްޖޭގައި އިސްލާމީ ޝަރީޢާ ޤާއިމުކުރުމަށާއި ޢަދުލުވެރިކަމާއިއެކު އެންމެންގެ މައްޗަށް ޤާނޫނު ތަންފީޒުކުރަން ގޮވާލައްވަމުންކަން ވެސް އޭނާއަށް އެނގޭ ކަމަކަށް ނުވެއެވެ.

ދެ ދުނިޔެ އެދޭ މީހާއަށް އޮތީ ހެޔޮ ނަބޭޙަތް ޤަބޫލުކުރުމެވެ. ދީނީ ޢިލްމުވެރިންގެ ބަސްފުޅުތަކަށް ވިސްނައި އަމަލުކުރަން މަސައްކަތްކުރުމެވެ. ހެޔޮ ނަޞޭޙަތް ދިނުމުން ޒާތީ ގޮތުން ދިމާކޮށް އެކަމުގެ އަގުވައްޓާލައި މީސްތަކުންގެ ހިތުގައި ނަފުރަތު އުފައްދަން މަސައްކަތް ކުރުމަކީ ޝައިޠާނާގެ ބައިވެރިންގެ ޢަމަލެކެވެ.

އާރޓިކަލް ރޭޓްކުރައްވާ


30%
ވ.ރަނގަޅު
15%
ރަނގަޅު
23%
އޯކޭ
30%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް