އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދަރަންޏާއި ލޯނުން ސަލާމަތްވުމަށް ކުރެވިދާނެ ދުޢާއެއް!

ދަރަންޏާއި ލޯނުން ސަލާމަތްވުމަށް ކުރެވިދާނެ ދުޢާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 26 ސިކުންތު

މީހަކަށް ނުވަތަ ފަރާތަކަށް ލޯނެއް ނުވަތަ ދަރަންޏެއް ދައްކަން ޖެހިފައި އިނުމަކީ ވަރަށް ވެސް ނޭދެވޭ އަދި ހިތާމަހުރި ކަމެކެވެ. އަދި މިއީ އިންސާނާ އަމިއްލައަށް މަރުވާން އިޚްތިޔާރު ކުރުމާއި، ނަފްސާނީ ބަލި ޖެހުމުގެ އިތުރުން ފިކުރު ބޮޑުވުންފަދަ ކަންކަމަށް ވެސް މަގުފަހިވާ ސަބަބުތަކުގެ ތެރެއިން ހިމެނިގެންވާ އެއް ކަމެކެވެ.

ދަރަންޔަކީ އަވަހަށް ނުދެއްކިއްޖެނަމަ އިންސާނާ ހަލާކު ކޮށްލާ އެއްޗެކެވެ. ތިމާއަށް މީހަކު ދަރާފައިވާނަމަ، އެދަރަންޔެއްގެ ވާހަކަ މާބޮޑަށް އެމީހާ ގާތު ދައްކާ އެމީހާ ފިކުރު ބޮޑު ކޮށްލުމަކީ އިސްލާމް ދީނުގައި ނަޙީ ކުރައްވާފައިވާ ކަމެކެވެ.

މީގެއިތުރުން ތިމާއަށް މީހަކު ދައްކަން ޖެހިފައިވާ ދަރަންޏެއް ކަނޑާދޭ މީހަކަށް، ހިސާބުބައްލަވާ ދުވަހު ވަރަށް ގިނަ ގުނަ ސަވާބު ލިބޭނެ ކަމަށް ރަސޫލާ صلّى الله عليه وسلّم ގެ ޙަދީޘްފުޅުތަކުން ހާމަވެގެން ވެއެވެ.

ލޯނާއި ދަރަނި ދެއްކުން އެންމެ ބޮޑު މުސީބާތަކަށް މިހާރު ވެފައިވަނީ އެލޯނާއި ދަރަންޔަށް މިހާރު "އިންޓްރެސްޓް" އިތުރު ކުރެވިފައިވުމުންނެވެ. އަދި މިއީ ދަރަނިވެރިވާ މީހުން އަމިއްލައަށް މަރުވާން އިޚްތިޔާރު ކުރާ އެންމެ ބޮޑު އެއް ސަބަބެވެ. ތިމާ ދައްކަންޖެހޭ ދަރަނި ބޮޑު ވުމުންނާއި، ދިރިއުޅުމުގައި ދިމާވާ ހާލަތަކުން އެދަރަނި ނުވަތަ ލޯނު ތިމާއަށް ދެއްކޭނެހެން ހީނުވުމުން، ދެން އެމީހަކަށް ކުރަން އެންމެ ރަނގަޅު ކަމަށް ފެންނަނީ މިދުނިޔެއިން ވަކިވެގެން ދިޔުމެވެ. ނަމަވެސް އެއީ އެމީހަކަށް ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ބޮޑުވެގެންވާ ފާފައެކެވެ.

ޖަމީއަތު-ތިރްމިދީ ގައި ބަޔާންކޮށްފައިވަނީ، އަލީ އިބްނު އަބީ ޠާލިބު (ރަޟިއަﷲ އަންޙު) ގެ އަރިހަށް އެއްދުވަހު (ދަރަނިވެރިވެފައިވާ) މީހެއް ދިޔަކަމަށެވެ. އޭނާގެ ދަރަނިތަކުން ސަލާމަތްވެވޭނެ މަގެއް ދައްކަވާ ދެއްވުމަށް، އެމީހާ އަލީގެފާނު އަރިހުން އެދިލެއްވިއެވެ. އެހެންކަމުން އޭނާއަށް އަލީގެފާނު މިދުޢާ އުނގަންނަވައި ދެއްވިއެވެ. އަދި ވިދާޅުވީ މިދުޢާއަކީ ރަސޫލާ صلّى الله عليه وسلّم އަލީގެފާނަށް އުނގަންނަވާ ދެއްވި ދުޢާއެއް ކަމަށެވެ.

      

އާރޓިކަލް ރޭޓްކުރައްވާ


25%
ވ.ރަނގަޅު
15%
ރަނގަޅު
28%
އޯކޭ
30%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ