އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުގައި މިނިސްޓަރ ޒަހާ ފުލުސް އޮފީހަށް ޙާޒިރުކޮށް ސުވާލުކޮށްފި!

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުގައި މިނިސްޓަރ ޒަހާ ފުލުސް އޮފީހަށް ޙާޒިރުކޮށް ސުވާލުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުގައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުގެ ވަރަށް ގިނަ ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރަމުން އަންނަކަމަށެވެ. އެގޮތުން ސަރުކާރުގެ ވަރަށް މަތީފެންވަރުގެ ބޭބޭފުޅުންވެސް ހާޒިރުކޮށްފައިވާކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ޙާޒިރުކުރަމުން ގެންދާނެކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް މިނިސްޓަރ ޒަހާ ޙާޒިރުކުރިކަން ފުލުހުން ވިދާޅެއްނުވެއެވެ. ފުލުހުން ވަނީ މައްސަލަތަކުގައި ޚާޒިރުކުރާ ވަކިވަކި މީހުންގެ މަޢުލޫމާތު ޢާންމު ނުކުރާކަމަށް ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ ފާއިތުވި ހަފްތާގެ ތެރޭގައި ސަރުކާރުގެ ވަރަށް އިސް ބޭފުޅުންތަކެއްވެސް ޙާޒިރުކޮށް އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅޭގޮތުން މަޢޫލޫމާތު އޮޅުންފިލުވާފައިވާކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވަނީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ތަޙްޤީޤަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އެކަމުގައި ޝަރުޢީ ދާއިރާގައި މިހާރުވެސް ތިއްބެވި ބޭފުޅުންނާއި މިހާރުގެ ބައެއް ވަޒީރުންނާއި މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ބައިވެރިވުން އޮތްކަމަށެވެ.

އޭގެ ތެރޭގައި ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފާއި، ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލާއި، ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ހިމެނިވަޑައިގަންނަވާކަމަށް ޕީޖީ ކޮމިޓީގައި ވިދާޅުވެފައިވާކަމަށް މަޖިލީހުގެ ބައެއް މެންބަރުން ހާމަކޮށްފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅެއްވެސް ހިމެނެއެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 މީހެއްވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ތުހުމަރުކުރެވޭ މަޖިލީހުގެ މެމްބަރުންގެ ނަންތައް ހާމަކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވަނީ ކަމާ ގުޅޭ އިދާރާތަކުގައި އެދިވަޑައިގެންފައެވެ. މި މައްސަލާގައި ގުރައިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫންވެސް މިދިޔަ ހަފްތާގައި ފުލުސް އޮފީހަށް ޙާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައިވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ