އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޑިމޮކްރަސީ!: ދީނީ ޢިލްމުވެރިން ފަހައި ދުވެވޭ! - އެމީހުންނަށް ބަހެއްވެސް ބުނެގެން ނުވާނެ!

ޑިމޮކްރަސީ!: ދީނީ ޢިލްމުވެރިން ފަހައި ދުވެވޭ! - އެމީހުންނަށް ބަހެއްވެސް ބުނެގެން ނުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ފާސްކުރުމުން އެއީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީންތައް ފެތުރުމަށް ލިބުނު ފުރުޞަތެއް ކަމަށް ބަލައި ދީނީ ޢިލްމުވެރިންނަށް މެސެޖްކޮށް މަލާމާތާއި ފުރައްސާރަކޮށް، ޖެއްސުންކޮށް އެކިބާވަތުގެ އިންޒާރު ދިން ބައެއް މީހުން މިއަދު ކަންބޮޑުވެގެން ފުލުހުންނަށް ޓްވީޓްކުރާތަން ފެންނަނީ އެމީހުންނަށް އެހެން މީހުން ފުރައްސާރަކުރާތީއެވެ. އެމީހުންނަށް ބަސްތައް ބުނާތީއެވެ. 

މިކަމުން މިއެނގެނީ އެމީހުން އެ ކިޔާ ޑިމޮކްރަސީގެ ހުރި ނުރައްކައުތެރިކަމެވެ. ބިރުވެރިކަމެވެ. އެ ޑިމޮކްރަސީގައި ޙައްޤުތައް ލިބެނީ ހަމައެކަނި އެމީހުންނަށް ކަމަށްވާތީއެވެ. އެމީހުން ކުރާނެހައި ކަމެއް ކުރަންވީއެވެ. އެހެން މީހަކު ހަމަ ބަހެއްވެސް ބުނެލައިގެން ނުވާނެއެވެ. 

ޓެރަރިޒަމްގެ ޤާނޫނަށް ބެލުމުން ރާއްޖޭގައި އެހެން ދީންތައް ފަތުރަން އެބިލުން ހުއްދަދީފައި އޮއްވައެއް ނުފެނެއެވެ. އަދި އެބިލުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިފިނަމަ އެންމެންނަށްވެސް ލިބޭނީ އިތުރު ރައްކައުތެރިކަމެވެ. ސަބަބަކީ ޓެރަރިޒަމަކީ ކޮބައިކަމާއި ޓެރަރިޒަމުގެ ކުށަކީ ކޮން ބާވަތެއްގެ ކުށްތަކެއްކަން އެބިލުގައި ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ. 

ވީމާ މިއިން އެއްވެސް ކަމަކުން ރާއްޖޭގައި އެހެން ދީންތައް ފަތުރަން އުޅޭ މީހުންނަށް ކުރާނެ އެއްވެސް ފައިދާއެއް ނުވިސްނެއެވެ. އަދި ދީނީ ޢިލްމުވެރިން އިސްލާމް ދީން މަތިވެރި ކުރައްވަން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އެޅޭނެ އެއްވެސް ހުރަހެއް ވެސް ނުފެނެއެވެ. ފަހަރެއްގައި ބިލުގެ ނިވަލުގައި ތިބެގެން ނާޖާއިޒު ފައިދާތަކެއް ނަގަން ވިސްނަނީ ކަމަށްވެދާނެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
0%
ރަނގަޅު
33%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް