އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއެމްޕީއާރްސީގެ ފައިސާ ލިބުންކަމުގެ ތުހުމަތު ޙުސެއިން ވަހީދުއާއި ހަބީބުއަށް

އެމްއެމްޕީއާރްސީގެ ފައިސާ ލިބުންކަމުގެ ތުހުމަތު ޙުސެއިން ވަހީދުއާއި ހަބީބުއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުންކަމުގެ ތުހުމަތުކޮށްފައިވާ ފުލުހުންގެ ކުރީގެ ދެ ވެރިންނަކީ، ކުރީގެ ޕޮލިސް ކޮމިޝަނަރު ޙުސައިން ވަހީދާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ޙަސަން ހަބީބުކަން ބައެއް މީޑިއާތަކަށް ހާމަވެއްޖެއެވެ.

ބޮޑު ޚިޔާނާތުގެ ފައިސާ ދުއިސައްތަ ފަސްދޮޅަސް ހަތް ފަރާތަކަށް ބެހިގެން ގޮސްފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި އޭގެތެރޭގައި ކުރީގެ ޕޮލިސް ކޮމިޝަނަރަކާއި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރަކު ހިމެނޭކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ފަރާތްތަކެއްކަމެއް އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކުރައްވާފައެއްނުވެއެވެ.

ނަމަވެސް ދައުލަތުގެ މީޑިއާއަށް ކަށަވަރުވެފައިވާ ގޮތުގައި އެކިފަހަރުމަތިން ކޮރަޕްޝަނުގެ ފައިސާ ކަމަށް ތުހްމަތު ކުރެވޭ ފައިސާ ހުސައިން ވަހީދަށް ލިބިފައިވާކަމަށް ތަހްޤީޤީ އިދާރާތަކުން ވަނީ ތުހަތުކޮށްފައެވެ. ހުސައިން ވަހީދަށް ރައީސް ޔާމީން ފުލުސް ކޮމިޝަނާ ކަން ދެއްވީ ޑެޕިއުޓީ ފޮލިސް ކޮމިޝަނާ ކަމުގެ މަގާމުގައި ހުންނަވަނިކޮށް، ނޮވެމްބަރު 19، 2013 އިގައެވެ.

ޙުސެއިން ވަހީދު ޕޮލިސް ކޮމިޝަނަރުގެ މަގާމުން ވަކިކުރެއްވީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށް ފަހު 2015ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ފަހުކޮޅުއެވެ. އޭނާ އަކީ އެމްޕީއާރުސީގެ ކޮރަޕްޝަނުގެ އެންމެ ބޮޑު ތުހްމަތެއް ކުރެވޭ އެއް ފަރާތްކަމަށްވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ގާތް ގުޅުމެއް އޮތް މީހެކެވެ.

މީގެއިތުރުން ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހަސަން ހަބީބު ކުރީގެ ރައީސް ޔާމިން އައްޔަން ކުރެއްވީ 19 ފެބްރުއަރީ 2015ގައެވެ. އެހެން ނަމަވެސް ކުޑަ ދުވަސްކޮޅެއްފަހު އޭނާ އެ މަގާމުން ވަކިކުރެއްވުމަށްފަހު ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ރައީސް ޔާމީން އައްޔަން ކުރެއްވިއެވެ. އޭނާ އަކީވެސް އަދީބާ ގާތްގުޅުމެއް އޮތް މީހެއްކަމަށް ތުހުމަތުކުރެވެވެ.

އެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ޢަދަދު 3.4 ބިލިއަން ރުފިޔާއަށް އަރައެވެ.

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ