އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތް: ކުރީގެ 44 މެމްބަރުންގެ އިތުރުން މިހާރުގެ ސޯޅަ މެމްބަރަކަށް!

އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތް: ކުރީގެ 44 މެމްބަރުންގެ އިތުރުން މިހާރުގެ ސޯޅަ މެމްބަރަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ރާއްޖޭގެ ތާރީޚުގައި ވެސް ހިނގި އެންމެ ބޮޑު ޚިޔާނާތްކަމުގައިވާ، އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގެ ފައިސާ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ 44 މެމްބަރެއްގެ އިތުރުން މިހާރުގެ 16 މެމްބަރަކަށް ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ، ކުރީ ދައުރުގެ 44 މެމްބަރަކަށް ލިބުމުގެ އިތުރުން، މިހާރުގެ ސަރުކާރުގެ ހަތް ބޭފުޅަކަށާއި ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި މިހާރު ކޯޓުތަކުގައި ތިއްބެވި އަށް ފަނޑިޔާރަކަށް ވެސް ލިބިވަޑައިގެންފައިވާކަމަށެވެ.

މިބައްދަލުވުމުގައި، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ، ކުރިއާއި މިހާރުގެ ސަރުކާރުގެ ބޭފުޅުންނާއި، ކުރިއާއި މިހާރުގެ މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނަށްވެސް ލިބިފައިވާ ކަމަށެވެ.

ކުރީގެ (18 ވަނަ) ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށް އެމްއެމްޕީއާރުސީ ސްކީމުން ފައިސާ ލިބުނުކަން ޔަގީންވެފައިވާކަމަށް ވިދާޅުވަމުން އޭސީޕީ ރިޔާޒް ވިދާޅުވީ، އެމަޖިލީހުގެ ޕްރައިމަރީން ބަޔަކު ހޮވުމަށާއި، ޕްރައިމަރީތަކުން ހޮވުނު މީހުންގެ ކެމްޕޭނަށް އެ ފައިސާ ޚަރަދުކުރި ކަމަށާއި، އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުމަށާއި، ބައެއް މެމްބަރުން ޕާޓީ ބަދަލުކުރުމަށްވެސް ފައިސާ ޚަރަދުކުރިކަމަށް އެނގިފައިވާކަމަށެވެ.

"އެ މަޖިލީހުގައި ނެގުނު ބޮޑެތި ވޯޓުތަކަށް، މީހުން މަގާމުތަކަށް އައްޔަނުކރުުމަށާއި ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ނެގި ވޯޓުތަކަށް މި ފައިސާ ޚަރަދުކުރި،" އޭސީޕީ ރިޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން އޭސީޕީ ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ ފައިސާތައް ދައުރުކުރަން ފަށާފައިވަނީ 2014 ވަނަ އަހަރު ބޭއްވުނު މަޖިލިސް އިންތިހާބުގެ ކުރިން ކަމަށެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ލިބުނީ 177 މީހުންނަށް ކަމަށް ކުރިން ބުނެވުނު ނަމަވެސް، މިހާރު ލިބިފައިވާ އައު މައުލޫމާތުތަކަށް ބަލާއިރު އެއަދަދު 267 މީހުންނަށް އިތުރުވެފައިވެއެވެ.

އެގޮތުން އިންތިހާބަށް ޕާޓީތަކުން ބޭއްވި ޕްރައިމެރީތަކަށާއި ޕްރައިމެރީތައް ކާމިޔާބުކުރި ކެންޑިޑޭޓުންގެ ކެމްޕެއިންތަކަށް ޚިޔާނާތުގެ ފައިސާ ޚަރަދުކޮށްފައިވާ ކަމަށް ވެސް އޭސީޕީ ރިޔާޒް ވިދާޅުވިއެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ