އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ހަނދާނީލިޔުން ދީފި

ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ހަނދާނީލިޔުން ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތުގެ ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ހަނދާނީލިޔުން ދިފިއެވެ.

މި މުބާރާތަކީ ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން، ދިރާގުގެ ސްޕޮންސާޝިޕުގެ ދަށުން މިދިޔަ ހުކުރު ދުވަހު ބޭއްވި މުބާރާތެކެވެ.

ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ހަނދާނީލިޔުން ހަވާލުކުރެއްވުމަށް މިރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފްލާގައި ހަނދާނީލިޔުން ހަވާލު ކުރެއްވީ، މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ. 

މި ހަފްލާގައި ގިނަ އަދަދެއްގެ އާއްމުންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވެސް ވަނީ ބައިވެރިވެފައެވެ.

ގައުމީ ފެންވަރުގެ ފެތުންތެރިންގެ އިތުރުން ދުވުންތެރިން ވެސް ވާދަކުރި މި މުބާރާތް ބާއްވާފައިވަނީ ރަސްފަންޏާއި ދިމާލުން މޫދުގައެވެ. މި ރޭހުގައި ޖުމްލަ 198 ފެތުންތެރިން ބައިވެރިވިއެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު