އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޒިނޭކުރާ މީހާއަށް ކައްވަޅުން ފެށިގެން ދާނީ އަލިފާނުން ޢަޛާބު ލިބެމުން! ފައުޅުގަ ހައްދު ނުޖަހާނަމަ ޒިންމާ އުފުލަން ޖެހޭނީ ވެރިން!

ޒިނޭކުރާ މީހާއަށް ކައްވަޅުން ފެށިގެން ދާނީ އަލިފާނުން ޢަޛާބު ލިބެމުން! ފައުޅުގަ ހައްދު ނުޖަހާނަމަ ޒިންމާ އުފުލަން ޖެހޭނީ ވެރިން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 20 ސިކުންތު

މިހާރަކަށް އައިސް ފާހިޝް އަމަލުތައް ކުރުމަކީ އެއްވެސް ކުށެއް ނޫން ކަމަށް ދެކޭ ބައަކު އެބަ އުޅެއެވެ. އެކަން އެހެން އެވަނީ ކީރިތި ޤުރްއާނުގައި އެކަން އޮތް ގޮތް އެމީހުންނަށް ނުއެނގޭތީއެވެ. އަދި އެނގުނު ނަމަވެސް ތިމާގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތުމުންނެވެ. 

މީސްތަކުންނޭވެ! މުޖުތަމައުތަކުގައި ފާހިޝް އަމަލުތައް ކުރުން ޢާންމުކަމަކަށްވެ އެކަން ކުރާ މީހުން އިތުރުވަމުން ދިއުމުގައި މުޖުތަމައުތަކުގެ އިސްވެރިންގެ އިހްމާލު ވަރަށް ބޮޑެވެ. އެހެނީ ނޫރު ސޫރަތުގެ 2 ވަނަ އާޔަތުގައި ""ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ﷲ އަށާއި އާޚިރަތް ދުވަހަށް ތިއަބައިމީހުން އީމާންވާކަމުގައިވަނީނަމަ، ﷲ ގެ ދީނުގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިއަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ ޢުޤޫބާތް، މުއުމިނުންގެ ބައަކު ދެކޭހުށިކަމެވެ!" ވަޙީކުރައްވަވާފައިވާ ބަސްފުޅަށް ވެރިން އަމަލު ނުކުރާތީއެވެ. 

ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ކަނޑައެލިގެން ބަޔާން ކުރައްވަވާފައިވާ ޙުކުމްފުޅުތަކަށް އަމަލު ނުކުރާނަމަ އެއީ ކާކުކަން ވެސް މިއާޔަތުން އެބަ އެނގިގެންދެއެވެ. "ﷲ އަށާއި އާޚިރަތް ދުވަހަށް ތިއަބައިމީހުން އީމާންވާކަމުގައިވަނީނަމަ" މީސްތަކުންނަށް ދައްކައިގެން ޢާންމުތަންތަނުގައި ހައްދު ނުޖަހާނަމަ އެކަން ކުރަންޖެހޭ މީހާގެ ހިތުގައި ﷲ ތަޢާލާގެ އެންގެވުންތަކަށް އެއްވެސް ބިރުވެތިކަމެއް ނެތްކަން އެވަނީ ހާމަވެފައެވެ. 

މީސްތަކުންނޭވެ! ފާހިޝް އަމަލުތަކާއި ދުރުހެލިވާށެވެ! އެއީ އެކަން ކުރާ މީހާ ނަރަކަ އާއި ދިމާއަށް ދަމައި ގެންދާ ވަރުގަދަ ބާރެކެވެ. ކުރީގެ ދަރުސެއްގައި ބަޔާންކުރި ފަދައިން ޒިނޭކުރާ މީހާ މަރުވުމުން ޤިޔާމަތްވުމާއި ހަމައަށްވެސް ދެމިއޮންނާނީ ހަމަ އަލިފާނުން ގަދަފަދަ އަޒާބު ލިބިލިބިއެވެ. 

"ތިއަބައިމީހުންގެ އަންހެނުންކުރެ ހުތުރުކަން ބޮޑުވެގެންވާ ފާފަ ގެނެސްގަންނަ މީހުންނާމެދު، (އެބަހީ: ޒިނޭކުރާ މީހުންނާމެދު) ތިއަބައިމީހުންގެ ތެރެއިން ހަތަރު ހެކިން، އެކަނބަލުންގެ މައްޗަށް ހެކިކުރާށެވެ! ފަހެ، އެއުރެން ހެކިދީފިނަމަ، މަރު، އެކަނބަލުން އަތުލައިފުމަށް ދާނދެން (އެބަހީ: މަރުވެއްޖައުމަށް ދާނދެން) ނުވަތަ، އެކަނބަލުންނަށް ﷲ މަގެއް ދައްކަވައިފުމަށް ދާނދެން، ގޭގޭގައި އެކަނބަލުން ބަންދުކުރާށެވެ! (އިތުރު ބަޔާނެއް: މަގެއް ދެއްކެވުމޭ އޮތްބަސްފުޅުގެ مراد އަކީ، އެކަނބަލުންނަށް ދޭނެ ޢުޤޫބާތެއް ކަނޑައަޅުއްވައި އެންގެވުމެވެ. އެކަންއޮތީ ސޫރަތުއްނޫރު ގެ ދެވަނަ އާޔަތުން އަންގަވާފައެވެ.) (އައްނިސާ: 15) 

"ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ﷲ އަށާއި އާޚިރަތް ދުވަހަށް ތިއަބައިމީހުން

އީމާންވާކަމުގައިވަނީނަމަ، ﷲ ގެ ދީނުގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިއަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ ޢުޤޫބާތް، މުއުމިނުންގެ ބައަކު ދެކޭހުށިކަމެވެ! (އަންނޫރު: 2) 

އަދި، ތިޔަބައިމީހުންގެ ތެރެއިން ފާހިޝް ކަންތައް ގެނެސްގަންނަ ދެމީހުންނަށް ތިޔަބައިމީހުން އަދަބުދޭށެވެ! ފަހެ، އެދެމީހުން ތައުބާ ވެ، އަދި، އެއުރެންގެ ޢަމަލު އިޞްލާހް ކޮށްފިނަމަ، އެ ދެމީހުންގެ ކިބައިން ދުރުވެގަންނާށެވެ! (އެބަހީ: އަދަބުދިނުން ހުއްޓައިލާށެވެ!) ހަމަކަށަވަރުން، އީ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ. (އައްނިސާ 16) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

އާރޓިކަލް ރޭޓްކުރައްވާ


22%
ވ.ރަނގަޅު
26%
ރަނގަޅު
26%
އޯކޭ
24%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް