އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ނޮވެމްބަރު 3 ގެ ފަހުން ދިވެހި ޤައުމާ ރައްޔިތުންނަށް ކުރިމަތި ކުރުވި އެންމެ ބޮޑު ނުރައްކާ - އެމްޑީއެންގެ މެންބަރުން ދައުލަތުގެ މައްޗަށް ވެރިވެގަތުން!

ނޮވެމްބަރު 3 ގެ ފަހުން ދިވެހި ޤައުމާ ރައްޔިތުންނަށް ކުރިމަތި ކުރުވި އެންމެ ބޮޑު ނުރައްކާ - އެމްޑީއެންގެ މެންބަރުން ދައުލަތުގެ މައްޗަށް ވެރިވެގަތުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 11 ސިކުންތު

ތިރީގައި މިވާ ލިޔުމަކީ ނޮވެމްބަރު 3 ގެ ފަހުން ދިވެހި ރައްޔިތުންނަށް ކުރިމަތިކުރުވި އެންމެ ބޮޑު ނުރައްކަލަކީ ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން ގެންދާ އެމްޑީއެންގެ މެންބަރުން ދިވެހިދައުލަތުގެ މައްޗަށް ވެރިވެގަތުންކަން ފާހަގަކޮށް މިއަދުނޫހުގެ އަހުލުވެރިއަކު ފޮނުއްވާފައިވާ ލިޔުމެކެވެ. 

އޭނާ ވިދާޅުވަނީ: 

ނޮވެމްބަރ 3 ގެ ދުޝްމަނުން ތިބީ ރައްޔިތުންގެ ކުރިމަތީ ފެންނަން. އެދުވަހު ދިފާޢުވާންވީ ކަންކަމާ ކުރިމަތިލާންވީ މީހުން ސާފުކޮށް ދިވެހިންނަށް ފެނި އެނގެން އޮތް. އެދުވަހުގެ އަނިޔާވެރިކަމުން ލިބުނު އަނިޔާ ލިބި އެދުވަހު ވަނީ ނިމިފަ. ނަމަވެސް އެމްޑީއެންގެ އަނިޔާ މިއަންނަނީ ޖީލުތަކަށް ދެމިގެން. އެކަން ހުއްޓުވަން ކުރަން ޖެހޭ މަސައްކަތްތައް ނޮވެމްބަރު 3 ގައި ކުރި ޖިހާދަށްވުރެ މާބުރަ! މާނުރައްކާ! 

މިއަދު ދިވެހި ޤައުމަށް ދިމާވެފައޮތް ފިކުރީހަނގުރާމައިގެ މުސީބާތުގަ ދުޝްމަނުންނަކީ ވެސް ސީދާ އަޅުގަނޑުމެން ދިވެހިން.  އިސްލާމްދީން ބަދަލުކުރަންޖެހޭ ކަމަށްބުނެ  ދިވެހިންގެ ބައަކު ވަނީ އިސްލާމްދީން ޤަބޫލް ނުކުރާ އެތައް  ހާސްބަޔަކު ރެކްރޫޓްކޮށް މުޖްތަމާއަށް ނެރެފަ. ރާއްޖެއިން ބޭރަށް ތަޢުލީމް ޙާޟިލްކުރަން ފޮނުވި މުސްލިމް ކުދިން ތެރޭން "ބްރެއިން ވޮޝްޑް" ގުރޫޕްތަކެއް އެކުލަވާލާ ދައުލަތުގެ އެންމެ މަތީމަޤާމްތަކަށް ލައްވާ ބާރުވެރި ކުރުވާފަ. އަދި ރޭވިފަވާ ޕްލޭންތަކެއްގެ ދަށުން ސިޔާސީ ޕާޓީތަކަށް ވެރިވެ އިސްލާމްދީނުގެ އަސާސް ކަމުގަވާ ޤުރުޢާން އާއި ޙަދީސް ބަދަލު ކުރަންޖެހޭކަމަށް ބުނެ އެމީހުން ބޭނުންވާގޮތް ބަޔާންކޮށް ރިޕޯޓް ނެރެ 2015 ގަ ޔާމީން ސަރުކާރާ ހަވާލުކޮށްފަ. 

މިހިސާބުން މިމީހުން ދިވެހި މުސްލިމުންނާ ދެކޮޅަށް ކުރަމުންދިއަ "ހަނގުރާމަ" އިތުރަށް ވަރުގަދަކޮށް 2018ގެ އިންތިޚާބްގަ  އެމް.ޑީ.ޕީ ތެރޭން ދައުލަތުގެ އިސް މަޤާމުތަކަށް ދެމިގަނެފަވާކަމީ ބިރުވެރިކަމާ އެކު ފާހަގަ ކުރަންޖެހޭކަމެއް.

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯރކް އިން ޓާގެޓްކޮށް ކާމިޔާބު ކުރި ދައުލަތުގެ މުއައްސަސާތައް.


1. ސުޕްރީމް ކޯޓް. (އެމް.ޑީ.އެން ގެ ފައުންޑަރ މެމްބަރެއް ހިމެނޭ)

2. ރައީސް އޮފީސް. (ރާއްޖޭގެ މުސްލިމުން ޓެރަރިސްޓުންނަށް ހަދަން ލަފާދޭ ފަރާތް.  އެމް.ޑީ.އެން) 

3 ޖުޑިޝަލް ސާވިސަސް ކޮމިޝަން. (އެމް.ޑީ.އެން ގެ މެންބަރަކު ހުރިތޯ އިންވެސްޓިގޭޓް ކުރަންޖެހޭ)

4 މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ސްކޫލްތައް. (އެމް.ޑީ.އެން ގެ މެމްބަރުން ވެރިވެފަ)

5 ރައްޔިތުންގެ މަޖްލިސް. (މަޖްލިސް ގަ އަދި ކޮމިޓީތަކުގަ އެމް. ޑީ. އެން އަށް ނިސްބަތްވާ މެންބަރުން އެބަތިބި)


ޤައުމަށް ދިމާވި މި ނުރައްކާތެރި ދަނޑިވަޅުގަ އެންމެ އަޑު ހަރުކޮށް އެމް.ޑީ.އެން ގެ ނުރައްކަލާ ބެހޭގޮތުން އެތައްހާސް ދިވެހި ރައްޔިތުންނާ އެކު އެމް.ޑީ.ޕީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރާ އެތައް ސަތޭކަ އެމް.ޑީ.ޕީގެ އެކްޓިވިސްޓުން ވާކަމީ ދިވެހިރާއްޖޭގަ އެމް.ޑީ.އެން އިން ވަކިހިއްޕާލާ ހިންގަންފެށި ޕްލޭން  ފެއިލްވާންފެށިކަމުގެ ހެކި.


ރައްޔިތުންނަށް އޮތް ތްރެޓް އަދިވެސް ކުޑައެއް ނުވޭ.  ކުޑަވާން އޮތީ އެމް. ޑީ. އެން ގެ ހުރިހާ މެންމްބަރުން ދައުލަތުގެ ބާރުވެރި މަޤާމްތަކުން ދުރުކޮށްގެން މި ޖަމުޢިންޔާގެ ހުރިހާމެމްބަރުން ގެ ތްރެޓް އެސެސްމަންޓް އެއް ހަދާ ފިޔަވަޅު އެޅިގެން.


ރައްޔިތުން ދަނީ އެމް.ޑީ.އެން ގެ އިސް ފަރާތްތަކާ ސުވާލު ކުރަމުން.

ސަރުކާރުން މިކަން ކުރާތަނެއް ނުވަތަ ކުރަން އުޅޭތަނެއް އަދިވެސް ނުފެނެ. ކުރާނަން ބުނާ އަޑު ފިޔަވާ އަދި އިތުރު ކަމެއް ނުކުރާކަމީ ބިރުވެރި ކަމާއެކު ފާހަގަ ކުރަންޖެހޭކަމެއް.

 

 

އެމް. ޑީ. އެން ފޮރުވައިދީ އެމީހުން ގެ ލާދީނީ ފިކުރު ފަތުރަން އުޅޭ ސިޔާސީ ފަރާތްތަކާ ވެރިންނަށް ދަންނަވާލަން އޮތީ ދިވެހި ރައްޔިތުން މިފަހަރު ރައްޔިތުންގެ މައްޗަށް އޮތް ތްރެޓް ނައްތާލާނެކަމީ ޔަޤީން ކަމެކެވެ.

 


މިކަން ކުރަން ރައްޔިތުންނާ ނުޖައްސާ ތިބޭފުޅުން ކުރައްވައިގެން ތިއްބެވި ހުވައާއި އެއްގޮތަށް ދިވެހި މުޖްތަމާއިން މި ނުރައްކާ ފޮހެލައްވާ. މީ ތިބޭފުޅުންގެ ވާޖިބް.

 

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
10%
ރަނގަޅު
0%
އޯކޭ
40%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މިއަދު